ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

ނިލަންދޫ ވާރުމަގުގެ ހުޅަނގު ފަރާތުން، ގޮނޑުދޮށުން ފެށިގެން އެއްގަމަށް 50 (ފަންސާސް) ފޫޓުގެ ފުޅާމިނުގައި ގޮނޑުދޮށާއި މޫދު ބޭނުންކުރެވޭގޮތަށް އެ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަށް ވަގުތީގޮތުން 1 (އެކެއް) އަހަރުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ. ސާފުކޮށް ބެލެހެއްޓުމަށް އެންމެ ކުޑަކޮށް ދޫކުރާ މިންވަރަކީ 1,000 (އެއްހާސް) އަކަފޫޓެވެ. އެންމެ ބޮޑުކޮށް ދޫކުރާ މިންވަރަކީ 10,000 (ދިހަހާސް) އަކަފޫޓެވެ. ބިން ކުއްޔަށް ދޫކުރާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް މަހަކަށް 2/- (ދޭއް) ރުފިޔާއެވެ.  

ވީމާ، މަތީގައި ދަންނަވާފައިވާ ސަރަޙައްދުން ބިން ސާފުކޮށް ބެލެހެއްޓުމަށް ބިން ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއިން ދޫކުރާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 ޖަނަވަރީ 30 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ބީލަން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

 

ބިން ކުއްޔަށް ދޫކުރުމާބެހޭ މަޢުލޫމާތު ކަރުދާހާއި ބީލަން ފޯމު، މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ.

25 ޖުމާދަލްއޫލާ 1441

20 ޖަނަވަރީ   2020

20 ޖަނަވަރީ 2020
ހޯދާ