މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދުމަށް

މި މިނިސްޓްރީއިން ރ.ފައިނުގައި އިންފިލްޓެރޭޝަން ގެލެރީ ޤާއިމްކުރުމަށް ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތްތަކުގެ ތަފްޞީލު

  1. ކޮންމެ ދެވަޅެއް އަޑިން ގުޅުވާލުމަށްޓަކައި "6 ފަލަމިނުގެ ހައިޕްރެޝަރ އެސްލޯނު ހޮޅި ބިމުގެ އަޑިއަށް ފެއްތުން، ކުރެހުމުގައިވާ ގޮތަށް (ހޮޅި އަދި ފިޓިންގްސް ފޯރުކޮށްދެވޭނެ)
  2. އަޑިއަށް ފެއްތުމަށް ހަމަޖެހިފައިވާ ހޮޅީގެ ވަށައިގެން ހޮޅީގެ އެއްކޮޅުން އަނެއްކޮޅަށް "3 ދުރުމިނުގައި ލޯވަޅު އެޅުން (ލޯވަޅުގެ ބޮޑުމިނުގައި ހުންނަންވާނީ "1)
  3. ހޮޅިފެއްތުމަށްޓަކައި އެއްވަޅުން އަނެއްވަޅާއި ދެމެދު ކޯރު ކޮނުން (ކޮންނަންޖެހޭ ސަރަޙައްދުގެ ދިގުމިނާއި ފުންމިނުގެ މަޢުލޫމާތު ތިރީގައިވާ ކުރެހުމުގައި އެވަނީއެވެ.)
  4. ކުރެހުމުގައި ފާހަގަކޮށްފައިވާ މިންގަޑަށް ހިލަބެޑެއް އެޅުން (ބެޑަށް އެޅުމަށް ބޭނުންވާ ހިލަ މިހާރުވާނީ ސައިޓަށް ޖަމާކޮށްފައި)
  5. ލޯވަޅު އަޅާފައިވާ ހޮޅީގެ ވަށައިގެން ނެޓު އޮޅުމަށްފަހު ހިލަ ބެޑުގެ މައްޗަށް ފައްތާ، ހޮޅިތައް ވަޅުބުރިތަކާއި ގުޅާލާ ވަޅުބުރިތަށް ރަނގަޅަށް ސީލް ކުރުން
  6. ކުރެހުމުގައި ތަފްޞީލުކޮށްފައިވާ މިންވަރަށް ހޮޅީގެ މައްޗަށް ހިލައެޅުން
  7. ހިލައިގެ މައްޗަށް ފަސްއަޅާ ބިންގަނޑު އެއްވަރު ކުރުން
  8. އޯވަހެޑް ޓޭންކްތައް ބަހައްޓާ  20ސްޓޭންޑްތަކުގެ ބުޑުތައް ކައުންސިލުން ދައްކާތަނުގައި އަޅާ، ޓޭންކު ސްޓޭންޑުތައް ހަރުކުރުން. ބުޑުތައް އެޅުމަށް ބޭނުންވާ ސިމެންތި، ހިލަވެލި އަދި ހިލަ ފޯރުކޮށްދެވޭނެއެވެ. (ބުޑުތަކުގެ ކޮންކްރީޓް މިކްސް ކުރަންވާނީ 2 ހިލަ، 3 ވެލި، އަދި 1 ސިމެންތީގެ ރޭޝިޔޯއިން)، ސްޓޭންޑްތައް ހުންނާނީ ސައިޓަށް ގެންދެވިފައެވެ.

 

 

އަގު ހުށަހަޅަންވީ ގޮތުގެ ތަފްސީލް:

  • އަގު ހުށަހަޅާނީ ކޮންމެ އައިޓަމަކަށް ޖެހޭ އަގު ވަކިން އެނގޭ ގޮތަށް އިޢުލާނާ އެކު ހިމެނިފައިވާ ޝީޓާ އެކުއެވެ.
  • މަސައްކަތުގެ މުއްދަތު: މަސައްކަތް ޙަވާލުކުރާ ތާރީޚުން ފެށިގެން 20 ދުވަސް

އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނެ ގޮތް

 

  • އަގަށް 80 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު * 80 )
  • ތަޖުރިބާއަށް 20 ޕޮއިންޓް (މިފަދަ މަސައްކަތެއް ނުވަތަ ގުޅުންހުރި މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. މިފަދަ ގުޅުންހުރި 10 މަސައްކަތް ނިންމާފައިވާ ފަރާތްތަކަށް 20 މާރކްސް ލިބޭނެއެވެ.) ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްސް ދިނުމުގައި ކޮށްފައިވާ މަސައްކަތުގެ ބޮޑު ކުޑަމިނަށް (ޕްރޮޖެކްޓްގެ އަގަށް) ބެލޭނެއެވެ.

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ އަންދާސީ ހިސާބު ހުށަހަޅާ ފޯމް
  •    ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
  • ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.
  • ·         މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދޫކުރައްވާފައިވާ އެސް.އެމް.އީ. ސެޓްފިކެޓް ކޮޕީ
  • ·         ރ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)
  • ބ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ޅ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2020 ޖަނަވަރީ  22 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 2020 ޖަނަވަރީ 26 ވާ އާދީއްތަ ދުވަހުގެ ދުވަހުގެ 09:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް ބިޑު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މަސައްކަތްތަކާބެހޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ 3339232، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިލައްވާނެއެވެ.

ނޯޓު: މި މަސައްކަތްތައް ކުރުމަށް މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށް މިމައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ތަކެތީގެ އިތުރުން، މަސައްކަތްތައް ފުރިހަމަ ކުރުމަށް ބޭނުންވާ އިތުރު ތަކެއްޗާއި ވަޞީލަތްތައް ހޯދަންވާނީ މަސައްކަތް ނަންގަވާ ފަރާތުންނެވެ.  

 

20 ޖަނަވަރީ 2020
ހޯދާ