ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ގދ.ފިޔޯރީގައި ހުރި ޕީ އެސް އެމްގެ 40 މީޓަރު ޓަވަރު ވިއްކާލުން

                                                                                           ނަންބަރު: IUL) PSM-HA/PSM/2020/8)

އިޢުލާން 

ގދ. ފިޔޯރީގައި ހުރި މި ކުންފުނީގެ 40 މީޓަރގެ ޓަވަރު ވިއްކާލުން

ގދ. ފިޔޯރީގައި އޮންނަ، މި ކުންފުނީގެ ބިމުގައި ހުރި 40 މީޓަރުގެ ޓަވަރު ވިއްކާލަން ހަމަޖައްސައިފީމެވެ. ބްރޯޑްކާސްޓްކުރުމަށް ކުރިން ބޭނުންކުރި މި ޓަވަރު ވިއްކާލަން ހަމަޖައްސާފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅޭ ވަކި ގަޑިއެއްގައި މި ކުންފުނީގެ ރޭޑިއޯ ބިލްޑިންގަށް ޙާޟިރުވެ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އަގުހުށައަޅައި، ޙާޟިރުވެ، އަގުހުށައެޅި ފަރާތްތަކުގެ ޙާޟިރުގައި އަގުތައް ބަލައި، އެކަށީގެންވާ އެންމެ މަތީ އަގެއް ހުށައެޅި ފަރާތަކަށް ޓަވަރު ވިއްކާލާގޮތަށެވެ.

ޓަވަރު ގަންނަ ފަރާތުން، އަގުހުށައެޅި ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އަގުއަދާކުރުންވާނެއެވެ. އަދި އަގުހުށައެޅި ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި ޓަވަރާއި ޓަވަރުގެ ފައުންޑޭޝަން ބުޑު ނަގައި، މި ކުންފުނީގެ ބިމުން ނެރެގެން ގެންދަންވާނެއެވެ.

ވީމާ، ގދ. ފިޔޯރީގައި އޮންނަ މި ކުންފުނީގެ ބިމުގައި ހުރި 40 މީޓަރުގެ ޓަވަރު ގަންނަން ބޭނުންވާ ފަރާތްތަކުން 23 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންގަށް ޙާޟިރުވެ، އަގުހުށައެޅުން އެދެމެވެ. 

 

                                                                   16 ޖެނުއަރީ 2020

19 ޖަނަވަރީ 2020
ހޯދާ