ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތިނަދޫގައި ޝޮޕިންގ މޯލް ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުން:

އިޢުލާން

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ތިނަދޫގައި ޝޮޕިންގ މޯލް ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުން:  

                    ތިނަދޫގައި ހުންނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ތިނަދޫ ކެމްޕަސްގެ އިރުން ބަނދަރު ސަރަޙައްދުގައި ޝޮޕިންގ މޯލް ޢިމާރާތެއް، މި އިދާރާއިންދޭ މަޢްލޫމާތާއި ކައުންސިލުގެ ތަސައްވުރުތަކާއި އެއްގޮތްވާ ގޮތުގެ މަތިން  ޑިޒައިންކޮށް ޢިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

ވީމާ، ޑިޒައިން އެންޑް ބިލްޑް އުޞޫލުން ޝޮޕިންގ މޯލް ޢިމާރާތް ކޮށްދެއްވުމަށް  ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބާއެކު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

06 ފެބްރުވަރީ 2020

ބުރާސްފަތި 

13:00 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

ޕްރޮޕޯސަލް ހުށަހެޅުން

13 ފެބްރުވަރީ 2020

ބުރާސްފަތި 

13:00 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

     

މި މަސައްކަތަށް އަންދާސީ ޙިސާބާއި ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމްޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ) ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތްތައް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ. 

15 ޖަނަވަރީ 2020
ހޯދާ