ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޯހައުސްތަކުގެ އުތުރުން މާފުށީ ސިނާޢީ ސަރަޙައްދުން ދަނޑުވެރިކަމުގެ މަސައްކަތަށް 8 ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލުން:

ތިނަދޫ ރޯހައުސްތަކުގެ އުތުރުން މާފުށީ ޞިނާޢީ ސަރަޙައްދުން 2000 އަކަފޫޓުގެ 8 ބިން ކުއްޔަށް ދޫކުރުމަށް ގަސްތުކުރަމެވެ. މި ބިންތައް ކުއްޔަށް ދޫކުރަން ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުޠުތަކާއެކުގައެވެ.

  1. ބިން ކުއްޔަށް ދޫކުރުމަށް އެގްރީމެންޓްކޮށް ބިން ޙަވާލު ކުރެވޭ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ބިމުގައި މަސައްކަތް ފެށުން. އަދި ބިމުގެ ވަށާފާރު 6 ފޫޓަށްވުރެ ތިރިނުވާ ގޮތަށް ރޭނުން.
  2. ތާރޑްޕާރޓީ އެގްރިމެންޓުގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް ބިން ކުއްޔަށް ޙަވާލުކުރެވޭ ފަރާތް ނޫން އެހެން އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ބިން ޙަވާލު ނުކުރުން.

ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބިމުގެ އަކަފޫޓަކަށް މަހަކު 20 (ވިހި) ލާރި އަށްވުރެ ކުޑަނޫން ޢަދަދަކަށެވެ.

ވީމާ، ދަނޑުބިންތައް ކުއްޔަށް ހިފުމަށް  ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

 23 ޖަނަވަރީ 2020

ބުރާސްފަތި 

13:00 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

ޕްރޮޕޯސަލް ހުށަހެޅުން

 30 ޖަނަވަރީ 2020

ބުރާސްފަތި 

13:00 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

     

މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. ބިން ޙަވާލުކުރާނެ ފަރާތްތައް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ. 

14 ޖަނަވަރީ 2020
ހޯދާ