މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕްރޮޖެކްޓް ސުޕަވައިޒަރ

 

ނަންބަރު: MREIC/IU/2020/0004

ވަޒީފާގެ ފުރުސަތު

                  މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަނަކީ އެމްޓީސީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް:                 

ޕްރޮޖެކްޓް ސުޕަވައިޒަރ

ޢަސާސީ މުސާރަ:        

10,000

ކޮއްތު ފައިސާ

3,000

ބޭނުންވާ އަދަދު

01

ކޮންޓްރެކްޓްގެ ބާވަތް

ވަގުތީ

މަސައްކަތް ކުރަންޖެހޭ ތަން:    

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ޕްރޮޖެކްޓްސްތައް ހިންގާ ސައިޓް ތަކުގައި

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. މަސައްކަތްތައް ކުންފުނިން ކަނޑައަޅާ އުސޫލުތަކާއި / ޕްރޮސީޖަރތަކާއި އެއްގޮތަށް ހިންގުން،
  2. ރާވާއިގެން މަސައްކަތްތައް ކުރުވުން، މިގޮތުން މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުން.
  3. މަސައްކަތް ސްޕަރވައިޒް ކުރުން،
  4. މަސައްކަތަށް ބޭނުންވާ އާލާތްތައް ތައްޔާރުކޮށް މަސައްކަތް ނިމުމުން އެތަކެތި ރައްކާކުރުން،
  5. މަސައްކަތަށް ބޭނުންވާ ސާމާނާއި އާލާތްތައް ސްޕަވައިޒަރުންނާއި ގުޅިގެން ހޯދައި ހަމަކުރުން،
  6. ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތް ސްޕަވައިޒަރަށް ރިޕޯރޓްކުރުން،
  7. މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން،
  8. މަސައްކަތުގައި ދިމާވާ މައްސަލަތައް ސްޕަވައިޒަރުންނާއި ގުޅިގެން ހައްލުކުރުން،
  9. ކުންފުނީގެ ލަނޑުދަނޑިތައް ޙާސލުކުރުމަށްޓަކައި ކުންފުނިން ހިންގާ އެންމެހައި މަޝްރޫޢުތަކުގައި ބައިވެރިވުން،
  10. ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން،

މަގާމުގެ ޝަރުތުތައް:           

މިގާމާއި ގުޅޭ  ދާއިރާއަކުން މަދުވެގެން 1 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން

 

ވީމާ، މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 21 ޖެނުއަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.                       

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ،  3001186 ނަންބަރު ފޯނަށް، ނުވަތަ 7736424 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. 

15 ޖެނުއަރީ 2020

15 ޖަނަވަރީ 2020
ހޯދާ