މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

ޕްރޮކިއުމެންޓް އޮފިސަރ

މަޤާމު:

J-302869

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓަރސް

މަޤާމުގެ ގިންތި:

އެމް. އެސް. 2

މަޤާމުގެ ރޭންކު:

ސީނިއަރ އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ، މާލެ، ދިވެހިރާއްޖެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

6,295.00 ރުފިޔާ

މުސާރަ:

މަހަކު 2,000.00 ރުފިޔާ

ސަރވިސް އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

ސަޕޯޓިންގ ކޯ އެލަވަންސް: 900.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. މިނިސްޓްރީއަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދަޢުލަތުގެ މާލިއްޔަތު ގަވާއިދާއި ކަނޑައެޅިފައިވާ ޕްރޮސީޖަރ އެއްގޮތަށް ކުރުން
  2. މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި ކަނޑައެޅިފައިވާ ޕްރޮސީޖަރގައިވާ ގޮތުގެ މަތިން އިއުލާން ކޮށްގެން ގަންނަންޖެހޭ ތަކެތި ގަތުމުގައި ޢިޢުލާން ތައްޔާރުކުރުމާއި، މަޢުލޫމާތު ޝީޓް ފުރިހަމަކުރުމާއި ބިޑްތައް އިވެލުއޭޓްކުރުމުގައި ފަންނީ މުވައްޒަފުންގެ އެހީތެރިކަން ހޯދުން.
  3. މާލިއްޔަތު ޤަވާއިދާއި ކަނޑައެޅިފައިވާ ޕްރޮސީޖަރއާއިއެއްގޮތަށް ބިޑްކޮމިޓީއަށް ހުށަހަޅަންޖެހޭ މަޢުލޫމާތުތަކުގައި ސޮއިކުރަންޖެހޭ ފަރާތްތަކުން ލިޔުން ފުރިހަމަކޮށް ހުރިހާ ޑޮކިއުމަންޓްތައް ފަރުވާތެރިކަމާއެކު ހުށަހަޅާފައިވޭތޯ ބަލައިޗެކްކުރުން
  4. ބިޑް ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި އަދި އެކޮމިޓީގެ މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން
  5. ބަޖެޓަށް ފޮނުވަންޖެހޭ ބިލްތަކުގެ ސަޕޯޓިން ޑޮކިއުމެންޓްތައް ހަމަކޮށް ބަޖެޓަށް ފޮނުވާ، ރެކޯޑްސް ބެލެހެއްޓުން އަދި ފައިލް ކުރުން
  6. ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް އެކޮމޮޑޭޝަން ހަމަޖައްސާ ދަތުރުގެ ޓިކެޓް ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނެގުން
  7. ޕްރޮކިއުމަންޓްއާއި ގުޅޭގޮތުން ޖަވާބު ދޭންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކިއުންތަކަށް ޖަވާބު ތައްޔާރުކޮށް ފޮނުވުން
  8. މާލިއްޔަތު ޤަވާއިދާއި ކަނޑައެޅިފައިވާ ޕްރޮސީޖަރ އާއިއެއްގޮތަށް ކޮމިޓީއިން ނިންމާ ނިންމުންތައް ދުވަހުން ދުވަހަށް ގުޅުންހުރި ފަރާތްތަކާއި ހަވާލުކުރުމާއި އެލިޔުންތަކުގެ ކޮޕީ ރައްކާތެރިކަމާއެކު ބެލެހެއްޓުން
  9. މާލިއްޔަތު ޤަވާއިދާއި ކަނޑައެޅިފައިވާ ޕްރޮސީޖަރ އާއިއެއްގޮތަށް ސެޕް ސިސްޓަމްއިން ޕަރޗޭސް އޯޑަރ ހެދުން
  10. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ހާސިލް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.  
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
    (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
    (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
    (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2018 ގައިވާ  ގޮތުމުގެ މަތިން، އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. އަދި މިމަޤާމަށް އައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ (އެމް.އެސް 2) ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ % 45 އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. މިގޮތުން:

ތަޢުލީމާއި ތަމްރީން: %40

އިމްތިޙާން: %5

މަސައްކަތުގެ ތަޖުރިބާ:  % 15

ލިބިފައިވާ ހުނަރު: %40

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖެނުއަރީ 2020 ވާ އާދިއްތަ ދުވަހުގެ ގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 27 ޖެނުއަރީ 2020 އާއި 13 ފެބްރުއަރީ 2020 އާ ދެމެދު، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ ގައެވެ.

އިންޓަވިއު އަދި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3302200 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ"
(http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

     

 

15 ޖަނަވަރީ 2020
ހޯދާ