މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                                                                      ނަންބަރު: IUL)MMPRC-PRO/1/2020/1) 

އިޢުލާން

2020 ވަނަ އަހަރުގެ މާރިޗު މަހުގެ 04 ން 08 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި، ރާއްޖޭގެ ސްޓޭންޑްގައާއި އަދި މޯލްޑިވިއަން ނައިޓްގައި ލައިވް މިއުޒިކް ކުޅެދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 24 ޑިސެމްބަރ 2019 ވަނަދުވަހު ކުރެވުނު ނަންބަރު IUL)MMPRC-PRO/1/2019/97) އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ޕްރޮޕޯސަލް ލިބިފައިނުވާތި، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޖަނަވަރީ 16 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނޭރިޔާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                         18 ޖުމާދުލް އޫލާ 1441ހ.

                         13 ޖަނަވަރީ 2020މ

 

13 ޖަނަވަރީ 2020
ހޯދާ