ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިފްޘު ކުލާސްތަކުގެ ކިޔެވުން ފެށުމާއި ގުޅޭގޮތުން

އިޢުލާނު

 

             މިކައުންސިލުން ކުރިޔަށް ގެންދާ ހިފުޒު ޤުރުއާންކުލާހުގެ ކިޔެވުން 2020 ޖެނުއަރީ 19 ވާ އާދީއްތަ ދުވަހުގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. ކުލާހުގެ ކިޔެވުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00  ން 15:00 އަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގައެވެ. 2020 ވަނަ އަހަރު މިކުލާހުގައި އަލަށް ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް އެފުރުޞަތުވެސް ހުޅުވައިލެވިފައިވާ ކަމުގައި ދަންނަވަމެވެ. ކުލާހުގައި އަލަށް ބައިވެރިވުމަށް ބޭނުންވާ ދަރިވަރުން 2020 ޖެނުއަރީ 16 ވަނަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން މިދަންނަވާ މައުލޫމާތު އެގޭގޮތަށް މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

ފުރިހަމަނަން:

އެޑްރެސް

އައި.ޑީ.ކާޑް ނަންބަރު

އުފަންތާރީޙު:

މިހާރު ކިޔަވަމުންދާ ގުރޭޑް

 

ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

 

17 ރަބީއުލްއައްވަލު   1441

12 ޖެނުއަރީ       2020 

12 ޖަނަވަރީ 2020
ހޯދާ