މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ފުޓުބޯޅަ ދަނޑު ހެދުމާއިގުޅޭ

އިޢުލާން

ރަށުގެ ފުޓުބޯޅަ ދަނޑު ހެދުމާއިގުޅޭ

ރަށުގެ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ހެދުމަށް ބޭނުންވާ ތަކެތި ރަށަށް ގެނެވިފައިވާތީ، އަދި ސަބް ބޭސް ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާތީ، މިކަމާގުޅޭ މަޢުލޫމާތު ހިއްސާ ކޮށް، ދަނޑުގެ މަސައްކަތް ކުރިޔަށް ދާގޮތް މުނީޓަރ ކޮށް ބެލުމަށް ކޮމިޓީއެއް އެކުލަވާލުމަށް ބޭނުންވާތީ، 12 ޖަނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ ރޭ 20:30 ގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާކުރަތު ކޮމިއުނިޓީ ސެންޓަރުގެ ބޭރު ފެންޑާގައެވެ. 

ވީމާ، ރަށުގެ ޒުވާނުންނާއި ކުޅިވަރާއި ޞިއްޚަތަށް ލޯބިކުރާ ހުރިހާ ބޭފުޅުން 12 ޖނަވަރީ 2020 ވާ އާދިއްތަ ދުވަހުގެ ރޭ 20:30 ށް ރ. މާކުރަތު އިޖުތިމާއީ މަރުކަޒަށް ޙާޟިރުވެ ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  17 ޖުމާދަލްއޫލާ 1441

12 ޖަނަވަރީ 2020
ހޯދާ