އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓުޢާންމުކޮށް ރިޕޯޓަށް ޝަކުވާ ހުށަހެޅުމާއި ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު އިތުރުކުރުން

ނަންބަރު A) CB-2020/09)

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020  

ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓުޢާންމުކޮށް ރިޕޯޓަށް ޝަކުވާ ހުށަހެޅުމާއި

ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގެ މުއްދަތު އިތުރުކުރުން

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރ 2019/13 އިން ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ކަނޑައެޅުއްވުމުން،  ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ޢާންމުކޮށް މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު 2020 ޖަނަވަރީ 11 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00 އަށް އިތުރުކޮށްފީމެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ. އަދި މި ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ([email protected]) ވެސް ޝަކުވާ ހުށަހެޅޭނެއެވެ.

އަދި ދަންނަވަމެވެ. ކުޅުދުއްފުށި ސިޓީގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށްފަހު އިންތިޚާބީ ދާއިރާތަކުގެ ނަންތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ވެސް 2020 ޖަނަވަރީ 11 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00 އަށް އިތުރުކޮށްފީމެވެ. މި ކޮމިޝަނުގެ އީ-މެއިލް ([email protected])، ޓްވިޓަރ (@ElectionsMv) އަދި ފޭސްބުކް (@electionscommission)  މެދުވެރިކޮށްވެސް ޚިޔާލު ހުށަހެޅޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.      

11 ޖަނަވަރީ 2020
ހޯދާ