ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-320471

ބޭނުންވާ އަދަދު:       

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް އުޞޫލުން)

މަޤާމުގެ މުއްދަތު:

20 ޖެނުއަރީ 2020 އިން 23 އޮގަސްޓް 2021 އަށް

މަޤާމުގެ ރޭންކް:

ޖީ.އެސް 3                                              

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ، ޅ. ހިންނަވަރު

މުސާރަ:            

-/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަންސަހައްޓި ރުފިޔާ)

ސަރވިސް އެލަވަންސް:

-/1500ރ (ފަނަރަސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސްތައް

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. (މީގެއިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް

 

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-    އިދާރާއަށް ލިބޭ ލިޔެކިއުންތައް އެންޓްރީ ކުރުމާއި އެންޓްރީ ކުރާތަކެތި ފޮނުވަންޖެހޭ ޔުނިޓަށް ފޮނުވައި އަޞްލުތައް ފައިލްކުރުން.

2-    ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް އިދާރާގެ ލިޔެކިއުމާބެހޭ ތަކެތީގެ ސްޓޮކާއި ސްޓޮކް ބާކީ ބެލެހެއްޓުމާއި މުވައްޒަފުން ބޭނުންވުމުން އިސްރާފް ނުވާނޭގޮތެއްގެމަތިން ތަކެތި ދޫކުރުމާއި އިދާރާގެ މަސައްކަތަށް ދަތިނުވާގޮތުގެމަތިން ހަމަޖެހިފައިވާ އުޞޫލުން ތަކެތި ހޯދުމަށް ޕްރޮކިއުމަންޓަށް ހުށަހެޅުން.

3-    އިމްޕޯޓްމުދާ ވިއްކާ ތަންތަނާއި ސައިހޮޓާ ކެންޓީނުފަދަ ތަންތަން ރަޖިސްޓަރީކުރުމާ ވިޔަފާރި އާއި ވިޔަފާއިރާއި ގުޅުންހުރި އެންމެހާ ތަންތަނާއި ގުދަން ފަދަ ތަންތަން ހިންގުމަށް ހުއްދަދިނުން.

4-    އަންހެނުންގެ ތަރައްޤީއާއި ބެހޭ މަސައްކަތްތައް

5-    އިންތިޚާބުތަކާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް.

6-    އައިޑީ ކާޑު ހެއްދުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

7-    ކްލަބް، ޖަމްޢިއްޔާ ޖަމާއަތްތަކާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

8-    ކައުންސިލްގެ އިދާރާ ހުޅުވައިލެއްޕުމާއި ބެހޭކަންތައްތައް .

9-    ކައުންސިލްގެ އިދާރާ ފޮޅައި ސާފުކުރުމާއިބެހޭ ކަންތައްތައް ބެލެހެއްޓުމާ އެކަންތައްތައް ކުރުވުން.

މަޤާމުގެ ޝަރުޠުތައް:

1- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް، ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1-ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ  ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާ އަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް އަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ، އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސް ގެ ވަޒީފާއަށް ވަނުމަށް ދެވޭ އިންތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

35

40

އިމްތިޙާން

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނު

30

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

33

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

ޖުމްލަ

210

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  ([email protected]) އަދި ފެކްސް 6620301 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2020 ޖެނުއަރީ 21 އާ ފެބްރުއަރީ 13 އާއި ދެމެދު ހިންނަވަރު ކައުންސިލްގެ އިދާރާގައެވެ.                              

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 05 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620301 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރަކީ 6620301 އެވެ. އީމެލް ކުރާނީ [email protected] އަށެވެ.

13 ޖުމާދަލްއޫލާ 1441

08  ޖެނުއަރީ   2020

08 ޖަނަވަރީ 2020
ހޯދާ