އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ހުރަސްދޫ ވަޤުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

        

އިޢުލާން

 

 

އދ. ހުރަސްދޫވަޤުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

           އދ.ހުރަސްދޫ ވަގުތީގޮތުންބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ:  IUL)234-C/234/2019/37) ހ(10 ޑިސެމްބަރ 2019) އިޢުލާނަށް އެކަށީގެންވާ ޕްރޮޕޯސަލް އެއް ލިބިފައިނުވާތީ، އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

           ވީމާ، މިރަށް ވަޤުތީގޮތުން ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި  2020 ޖަނަވަރީ 20 ވަނަދުވަހުގެ 11:30 ގެ ކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

މިރަށާބެހޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތު ޝީޓް މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެއެވެ. ހުށައެޅޭ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 2020 ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ 11:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

13 ޖުމާދަލްއޫލާ 1441

08 ޖަނަވަރީ 2020

                                                        (ސޮއި)

                                                     އަޙްމަދު ރަޝީދު

                                            އދ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސް

08 ޖަނަވަރީ 2020
ހޯދާ