ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ

ފުނާޑު ދިޔަރޭފާނޑުގޯޅި ފުޅާކުރުމާއި ގުޅިގެން ދިޔަރޭފާނޑު ގޯތިން އުނިކުރެވޭ ފާރު (ކައުންސިލުން ފާހަގަ ޖަހާފައިވާ ހިސާބަތް) އަދި ދިޔަރޭފާނޑު ގޯތީގެ ހުޅަނގުން ފެހިކުރިގޯތީގެ އިރުން، ދިޔަރޭފާނޑުގޯޅީގެ އުތުރުން އިންވެގެން އޮތް ބަންޑާރަ ބިމުގައި (ކުރީގެ އާސްމާނުވިލާ ގޯތި) ހުރި ޢިމާރާތުގެ ނީލަންކިޔުން 12 ޖަނަވަރީ 2020 (އާދިއްތަ) ވަނަ ދުވަހު 9:00 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 12 ޖަނަވަރީ 2020 ވަނަ ދުވަހު 9:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. ނީލަންނަންގަވާ ފަރާތްތަކުން 13 ޖަނަވަރީ 2020 ދުވަހު 12:00 ގެކުރިން ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން   )ކުރީގެ ފުވައްމުލަކު އޮފީސް)ގެ އިދާރާއަށް ފައިސާ ދައްކަވައި 14 ޖަނަވަރީ 2020 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އެތަކެތި އެތަނުން ނަންގަވަން ވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެއްތަކެތި ކަމުގައި ބަލާ އުކާލެވޭނެއެވެ.

07 ޖަނަވަރީ 2020
ހޯދާ