މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިންޓީރިއާ ޑިޒައިންކޮށް ފެބްރިކޭޓްކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

       މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ ސާރވިސް ކައުންޓަރުތަކާއި މިނިސްޓްރީގެ ކޮޓަރިތަކުގެ އިންޓީރިއާ ޑިޒައިންކޮށް، ފެބްރިކޭޓްކޮށް، ސަޕްލައިކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 25 ޑިސެމްބަރު 2019 ވަނަ ދުވަހު ކުރެވުނު ނަންބަރު (IUL)472/1/2019/17 އިޢުލާންއަށް އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ އެ ޢިއުލާން ބާތިލުކޮށް އަލުން ޢިއުލާން ކުރަމެވެ.      

           ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޖެނުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ، 11 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި މި ޢިއުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ޢިއުލާންއާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

07 ޖަނަވަރީ 2020
ހޯދާ