ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އަންދާސީ ހިސާބު ހޯދުން

ފ. ދަރަނބޫދޫ އެކޮމަޑޭޝަން ބުލޮކް އާޢިމާރާތުގެ ސީލިންގ ކުރުމާއި ކަރަންޓްވައިރު ކުރުމުގެ މަސައްކަތް، މިއިދާރާއިންދޭ ނަމޫނާއާއި އެއްގޮތަށް، މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، އެމަސައްކަތް ކޮށްދެވިދާނެ ފަރާތެއް ހޯދަން ބޭނުންވާތީ އެކަމުގެ އެފުޞަތު ހުޅުވާލަމެވެ.

ވީމާ، އެމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާ ފޯމް ފުރިހަމަ ކުރައްވައި 2020 ޖަނަވަރީ 20 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2020 ޖަނަވަރީ 15 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ކޮމްޕެނީ، ކުލަބު ޖަމުއިއްޔާ، ކޮމެޓީތަކުގެ ނަމުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ،  އަންދާސީ ހިސާބު ހުށަހަޅާއިރު އެފަރާތުގެ ރަސްމީ ސިޓީއެއް ގެންނަން ޖެހޭނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީ މިއިދާރާގެ 6740015 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ޖަނަވަރީ 2020
ހޯދާ