މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

 

   އިއުލާން              

 ވަޒީފާގެ ފުރުޞަތު

މަޤާމް:              މަސައްކަތު

ރޭންކް:              އެސް.އެސް. 1

ކްލެފިކޭޝަން          ސަޕޯޓް ސަރވިސް ގްރޭޑް 1     ޔުނިޓް:  އެޑްމިނިސްޓްރޭޝަން، އެޗް.އާރު އެންޑް އިންފޮމޭޝަން

ސެކްޝަން            ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

މަޤާމުގެ ގިންތި         ވަގުތީ

މުސާރަ:            3100:00ރުފިޔާ

ސަރވިސް އެލަވަންސް:  1000:00ރުފިޔާ

ސަޕޯޓިން ކޯ އެލަވަންސް: 1،200:00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.

ބޭނުންވާ ޢަދަދު:      02

މަޤާމުގެ  ޝަރުޠު:

1- ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :

1- އަތޮޅުގެއާއި އަތޮޅު ކައުންސިލް އިދާރާ ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުން.

2- އަތޮޅުގެއާއި އަތޮޅު ކައުންސިލް އިދާރާ ހިމެނޭ ސަރަހައްދުގެ ބަގީޗާ ގަސްތަކަށް ފެންދީ ގަސްތައްކޮށާ ސާފްކޮށް ބަގީޗާތައް ބެލެހެއްޓުން.

3- އަތޮޅުގެއާއި އަތޮޅު ކައުންސިލް އިދާރާ ހިމެނޭ ސަރަހައްދު ހަމަޖެހިފައިވާ އުސޫލުން ކުނިކަހާ ސާފްކޮށް ބެލެހެއްޓުން.

4- ރ.އަތޮޅު ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޟަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތްތަކުގެ ދާއިރާގެ ތެރެއިން ހަވާލްކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ޖިސްމާނީ ގާބިލްކަން

2- ލިޔަން ކިޔަން ދަންނަ މީހެއްކަމުގައިވުން.

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

 އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚް:

      މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިޔު އޮންނާނީ 16 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު  10.00 ގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

 އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚް:

      މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއި އެކު 15 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 12.00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް އީމެއިލުންވެސް ހުށަހެޅިދާނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް:

1- ފުރހިމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަންފޯމް އަތޮޅު ކައުންސިލް އިދާރާގެކައުންޓަރުން ލިބެން ހުންނާނެއެވެ.

2- ތަޢުލީމީ ސެޓފިކެޓްތަކުގެ ކޮޕީ

3- ސަރުކާރުގެނުވަތަސިވިލްސަރވިސްއަށްޚިދުމަތްކުރުމަށްބޮންޑެއްގައިހުރި މުވައްޒަފެއްނަމަ ރ. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުން ގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4- ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރާ މުވައްޒަފެއްނަމަ ވަޒީފާގެ މަސްއޫލިއްޔަތާއި  މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟީރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު )

އިތުރު މަޢުލޫމާތު :

  • މިވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރ. އަތޮޅުކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޝަން އެޗް.އާރު އިންފޮމޭޝަން ޔުނިޓްގެ 6580027 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
  • މިމަޤާމަށް އިންޓަރވިޔު ކުރެވޭނީ މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަގަޅު ފަރާތްތަކާއެވެ.

                           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                    05 ޖުމާދުލްއޫލާ 1441

06 ޖަނަވަރީ 2020
ހޯދާ