ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
2020 ވަނަ އަހަރު ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި ކާވެނިކޮށްދޭ ދުވަސްތަކާގުޅޭ

2020 ވަނަ އަހަރު މިކޯޓަށް ހުށަހެޅޭ ކާވެނިތައް، ތިރީގައި ދަންނަވާފައި އެވާ ދުވަސްތައް ފިޔަވައި އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ކޮށްދޭ ގޮތަށް ކަނޑައަޅާފައިވާތީ، އެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

1. ހަފުތާގެ ހޮނިހިރު ދުވަސްތައް.

2. ދެޢީދު ދެދުވަހާއި ޢީދުގެ މުނާސަބަތާގުޅިގެން އަންނަ ބަންދު ދުވަސްތައް.

3. ޙައްޖު ދުވަހާއި ރަމަޟާންމަހުގެ ފުރަތަމަ ދުވަސް.

05 ޖަނަވަރީ 2020
ހޯދާ