MBA
ދިވެހިރާއްޖެ
14 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 1 ވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަން)

14 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު

(ފިރިހެން 1 ވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަން)

 

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 26 ޖަނަވަރީ 2020 ގައި ފެށުމަށް ހަމަޖެހިފައިވާ 14 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު، ފިރިހެން 1 ވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންގައި ބައިވެރިވުމަށް ބޭނުންވާ ކްލަބް/ޖަމްޢިއްޔާ ތަކުން 09 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެކަން މިއެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން އެދެމެވެ. އަދި ޓީމްލިސްޓް 21 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލްކޮށް، ޓީމްލިސްޓުގެ އަސްލު ހުށަހެޅުމަށް ހަމައެދުވަހުގެ 14:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގެ ގުރުއަތުލުމުގެ ޖަލްސާއަށް ބައިވެރިވި ކްލަބްގެ މެނޭޖަރ މިއެސޯސިއޭޝަންއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި 14 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 1 ވަނަ އަދި އަންހެން ޑިވިޝަން) ގައި ހިމަނާ ބިދޭސީ ކުޅުންތެރިން ހިމެނުމުގެ އެންމެ ފަހު ތާރީޚަކީ 21 ޖަނަވަރީ 2020 ގެ 14:00 ކަމުގައި ދަންނަވަމެވެ.

 

ނޯޓް:

  • މަތީގައި ދެންނެވިފައިވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ 01 ޖަނަވަރީ 2020 ކުރިން ކޮމިޝަނަރ އޮފް ސްޕޯރޓްގައި ރަޖިސްޓްރީވެ މި އެސޯސިއޭޝަނަށް އެކާމާއިގުޅޭ ލިޔުންތައް ހުށަހަޅާފައިވާ ކްލަބް/ ޖަމްއިއްޔާތަކަށެވެ.

 

  • މުބާރާތުގައި ބައިވެރިވުމާއި ޓީމްލިސްޓް ހުށައެޅުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން އެފަދަ ލިޔެކިޔުންތައް ހުށައެޅުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. އަދި ސުންގަޑި ހަމަވުމަށްފަހުގައި ހުށައެޅޭ އެއްވެސް ލިޔުމެއް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
01 ޖަނަވަރީ 2020
ހޯދާ