މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

ނަންބަރު: (IUL)MMPRC-PRO/1/2019/101)      

އިޢުލާން

 

މި ކޯޕަރޭޝަންގެ ފަރާތުން 2020 ވަނަ އަހަރު މާރިޗު މަހުގެ 04 ން 08 ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ބާރލިންގައި އޮންނަ އައި.ޓީ.ބީ ފެއަރގައި، ރާއްޖެ ތަމްސީލްކުރާ ސްޓޭންޑްގައި ސައި، ކޮފީ އަދި ބިސްކޯދު ފަދަ ތަކެތި ހިލޭ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން 2019 ޑިސެމްބަރ23  ވަނަދުވަހު ކުރެވުނު ނަންބަރު (IUL)MMPRC-PRO/1/2019/95)  އިޢުލާނާއި ގުޅިގެން، އެކަށީގެންވާ އަދަދަށް ޕްރޮޕޯސަލް ލިބިފައިނުވާތި، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޖަނަވަރީ 09 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނޭރިޔާ، ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާއެވެ.

 

          

04 ޖުމާދުލް އައްވަލް 1441

30 ޑިސެމްބަރ 2019

30 ޑިސެންބަރު 2019
ހޯދާ