އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ހިއުމަން ރިސޯސަސް

އިޢުލާން ނަންބަރު: AS/IUL/2019/027

މަޤާމް: އެސިސްޓެންޓް އޮފިސަރ

ބޭނުންވާ އަދަދު: 1

ޑިޕާޓްމަންޓް/ސެކްޝަން:: ހިއުމަން ރިސޯސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

 

މަޤާމުގެ ޝަރުތު:

  1. ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 3 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ ހިއުމަން ރިސޯސަސްއާއި ގުޅުންހުރި ދާއިރާ އަކުން ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުމާއި ޤަވަޢިދުން އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިއުން.
  2. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ އަޕްޓޭޑްކޮށް އެޗް.އާރް ސިސްޓަމަށް އަޕްޓޭޓް ކޮށް ރިޕޯރޓް ތަށްޔާރުކުރުމާއި ދުވަހުން ދުވަހަށް ފޮނުވަން ޖެހޭ ފަރާތް ތަކަށް ފޮނުވުން.
  3. ދުވަހުން ދުވަހަށް ބޭނުންވާ ރިޕޯޓްތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  4. މުވައްޒަފުންގެ ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން.
  5. މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން.
  6. މީގެ އިތުރަށް މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ސުޕަރވައިޒަރުން ހަވާލުކުރާ މަސައްކަތްތައް ކުރުމާއި އެހެން މުވައްޒަފުންގެ މަސައްކަތުގައި އެހީތެރިވުމާއި ހުރިހާ މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން

 

މުސާރައާއި އިނާޔަތް :

  • އަސާސީ މުސާރަ: -/4000 ރުފިޔާ
  • ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ދެވޭނެ)
  • އެޓެންޑަންސް އެލަވަންސް: -/1400 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި: 6 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ސީވީ.
  5. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

30 ޑިސެންބަރު 2019
ހޯދާ