މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2020 ވަނަ އަހަރުގެ ކަލަންޑަރު ދޫކުރުމާއި ގުޅޭ

އިޢުލާން

2020 ވަނަ އަހަރުގެ ކަލަންޑަރު ދޫކުރުމާއި ގުޅޭ

ރ. ކަނދޮޅުދޫ އަޙްމަދު ވަޙީދުގެ ހަދާނުގައި، އާޢިލާގެ ފަރާތުން މިރަށުގެ ގޭގެއަށް ބެހުމަށް ފޮނުވައިފައިވާ 2020 ވަނަ އަހަރުގެ ކަލަންޑަރު ވަނީ މިއިދާރާއަށް ލިބިފައެވެ. މިއަހަރު ލިބިފައިވަނީ 200 ކަލަންޑަރެވެ. މިހެންކަމުން 23 ޑިސެމްބަރ 2019 އިން ފެށިގެން 9 ޖަނަވަރީ 2020 ނިޔަލަށް ކަލަންޑަރު ގޭގެއަށް ދޫކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. 

ވީމާ، ކޮންމެ ގެއަކުން ބޭފުޅަކު މި އިދާރާއަށް ޙާޞިރުވެ ކަލަންޑަރު ގެންދިއުމަށް އެދި ދެންނެވީމެވެ. އަދި 9 ޖަނަވަރީ 2020 ގެ ނިޔަލަށް ނުގެންގޮސް ބާކީ ހުންނަ ކަލަންޑަރު އިތުރަށް ކަލަންޑަރު ބޭނުންވާ ފަރާތްތަކަށް ދޫކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  26 ރަބީޢުލްއައްވަލް 1441

23 ޑިސެންބަރު 2019
ހޯދާ