މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

        މ. މުލި،

        ދިވެހިރާއްޖެ.

                                                                                                                                                     ނަންބަރު:  K5C-A/2019/31

އިޢުލާން

މުލަކަތޮޅު ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

 

މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން މި ކޯޓުން ކުރި ނަންބަރު: K5C-A/2019/27 އިޢުލާނާ ގުޅިގެން، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އެ ކަމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 06 ޖެނުއަރީ 2020 ވާ ހޯމަ ދުވަހުގެ 10:30  އަށް މިކޯޓަށް ނުވަތަ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

 

  • އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 13 ޖެނުއަރީ 2020
  • އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:30
  • އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މ. މުލީ މެޖިސްޓްރޭޓް ކޯޓު، މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓު

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، އެބޭފުޅަކު ތަމްސީލު ކުރައްވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭފަދަ ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

26 ޑިސެމްބަރ 2019

 

26 ޑިސެންބަރު 2019
ހޯދާ