ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީސް ޔުނިފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި މަދަރުސާގެ ދަރިވަރުންނަށް ކުރިއަށް އޮތް 3 އަހަރަށް (2020 - 2022) ބޭނުންވާ އެކްޓިވިޓީސް ޔުނިފޯމް  ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޑިސެމްބަރ 26 ން 30އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  2. މި މަސައްކަތާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 31 ވާ އަންގާރަ ދުވަހުގެ 11:30 ގައި މި މަދަރުސާގެ މީޓިންގ ރޫމްގައެވެ.
  1. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2020 ޖެނުއަރީ 14 ވާ އަންގާރަ ދުވަހުގެ 11:30 ގައި  މި މަދަރުސާގެ މީޓިންގ ރޫމްގައެވެ.
  2. ސަމާލުކަން ދޭންވީ ކަންކަން:

ހ. މި މަސައްކަތަށް ކުރިމަތިލެވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި، ތަކާއި، ކުންފުނިތަކަށެވެ.

ށ. މަޢްލޫމާތު ސާފުކުރުމާއި، އަގު ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަސްކޮށް ޙާޒިރުވާ ފަރާތްތަކަށް ބައިވެރިނުވެވޭނެކަމުގައިވެސް ދެންނެވީމެވެ.

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހއ. އަތޮޅު މަދަރުސާ

ހއ. ހޯރަފުށި

ފޯން: 6500048، 7797292

އީ-މެއިލް: [email protected]

25 ޑިސެންބަރު 2019
ހޯދާ