ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސަރުކާރު އޮފީސް/ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020

                             ނަންބަރު: BAM/IUL/2018/64

 

 

އިޢުލާން

 

ސަރުކާރު އޮފީސް/ކުންފުނިތަކުގެ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020

 

ސަރުކާރު އޮފީސް/ ކުންފުނިތަކުގެ 5 ވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް ވަނީ    25 ފެބްރުއަރީ 2020 ން 07 މާރިޗު 2020 ށް ބޭއްވުމަށް ހަމަޖެހިފައެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން ޓީމް އިވެންޓް އަދި ފިރިހެން ޓީމް އިވެންޓް ވަކިންނެވެ. މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހާ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން މުބާރާތާގުޅޭ، ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް 12 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުމަށް ދަންނަވަމެވެ.

މި މުބާރާތުގެ ޤަވާޢިދު އަދި މުބާރާތާ ބެހޭ އެހެނިހެން މަޢުލޫމާތު، މި އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އަދި ފޭސްބުކް ޕޭޖް Badminton Association of Maldives އިން ލިބޭނޭ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 16:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

22 ޑިސެމްބަރ 2019

22 ޑިސެންބަރު 2019
ހޯދާ