ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޝަން ސެކްޝަންގެ ޑްރައިވަރ (އެސް.އެސް.2) މަޤާމު

މަޤާމް :ޑްރައިވަރ (އެސް.އެސް.2)
ބޭނުންވާ އަދަދު :1

މަގާމް:

ޑްރައިވަރ                       

މަޤާމުގެ ނަންބަރު:

J-269341

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ (އެޑްމިނިސްޓްރޭޝަން ސެކްޝަން)

މުސާރަ

މަހަކު -/3,470ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1,000ރުފިޔާ

އެހެނިހެން އެލަވެންސް

 1. ރިސްކު އެލަވަންސް: (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގެ G207.01ގައިވާ ގޮތުގެ މަތީން /  ހާޟިރުވާ ދުވަހަކަށް -/100ރުފިޔާ)
 2. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/1,200 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. އެއްގަމުގައި ދުއްވާ ވެހިކަލް (ކާރު، ވޭން އަދި ޕިކަޕް) ދުއްވުމާއި އެ ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރުން.
 2. އެން.ޑީ.އޭއިން ރަސްމީކޮށް ކުރަންޖެހޭ ދަތުރުތައް ކުރުން.
 3. އެއްގަމުގައި ދުއްވާ ވެހިކަލް (ކާރު، ވޭން އަދި ޕިކަޕް)ތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެވެހިކަލްއަކަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
 4. އެޑްމިނިސްޓްރޭޝަން ސެކްޝަނުގައި ކުރާ ހައުސް ކީޕިންގ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
 5. ޕްރޮކިއުމަންޓް ޔުނިޓްއަށް ބޭނުންވާ ތަކެތި ނެގުމާއި އެތަކެތި ފޮނުވަންޖެހޭ ސެންޓަރުތަކަށް ގެންދިއުމުގައިި އެހީތެރިވުން.
 6. ފަރުވާދޭ ސެންޓަރުތަކަށް ގެންދާ ކްލައިޓުންނާއި ތަކެތި އަދި ސެންޓަރުތަކުން އަންނަ ކްލައިންޓުންނާއި ތަކެތި ގެނައުމާއި ގެންދިއުން. އަދި ދަތުރުކުރުމުގައި ކްލައިންޓުންގެ ރައްކާތެރިކަން ދެމެހެއްޓޭކަން ކަށަވަރުކުރުން.
 7. ވެހިކަލްގައި ކުރެވޭ ދަތުރުތަކުގެ ލޮގިން ލިޔެ ބެލެހެއްޓުމާއި ލޮގިން އެޑްމިންއަށް ފޮނުވަން ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
 8. ވެހިކަލްއަށް ކުރަންޖެހޭ މަރާމާތުތައް ބަލާ އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ސުޕަވައިޒަރުގެ ލަފާގެ މަތީން ކުރުން.
 9. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް  ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

10.ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހޭ ކަންތައްތަކަށް އަމަލު ކުރުން.

މަޤާމުގެ ޝަރުތުތައް:

 1. މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުން.

ނޯޓް: މިމަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީއިން ގަބޫލުކުރާB1/B2 ކެޓަގަރީ ލައިސަންސް (މުއްދަތު ހަމަނުވާ) ހުށަހަޅުއްވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. މިމަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީއިން ގަބޫލުކުރާB1/B2 ކެޓަގަރީ ލައިސަންސް (މުއްދަތު ހަމަނުވާ) ހުށަހަޅުއްވަން ވާނެއެވެ.
 5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 6. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކޮށް ކޯސް ފުރިހަމަ ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއު ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

7. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

8. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ

9. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:           

 

 

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ލިބިފައިވާ ތަޢުލީމު.

2. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން.

3. މަގާމުގެ މަސައްކަތުގެ ދާއިރާއ ގުޅޭ ތަޖުރިބާ.

4. އިންޓަވިއުގެ މާކްސް.

5. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

6. މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ (މިއެޖެންސީގެ ވެބްސައިޓުގައި މިމަޢުލޫމާތު ލިބެން ހުންނާނެއެވެ).

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޑިސެންބަރު 2019 ވާ (ބުރާސްފަތި) ދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް އަދި ފެކްސް 3328184 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 29 ޑިސެންބަރު 2019 އާއި 07 ޖަނަވަރީ 2020 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ.

 އީ-މެއިލް ކުރާނީ [email protected] އަށެވެ.

21 ރައިޢުލްއާޚިރް 1441

18 ޑިސެންބަރު 2019

                     

18 ޑިސެންބަރު 2019
ހޯދާ