ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގައި 2020 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ކޯސްތައް ފެށުމަށް

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތަކުގައި  2020 ވަނަ އަހަރުގެ ފުރަތަމަ  ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:        1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  8 ހަފްތާ

ޖާގަ:         60 ޖާގަ

 

  • މިކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ މަރްކަޒްތައް:  ޅ. ނައިފަރު، ޅ. ހިންނަވަރު، ތ، ގުރައިދޫ، ތ، މަޑިފުށި، ލ. މާބައިދޫ، ގއ. ނިލަންދޫ ގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.

ޤިރާއަތު ސެޓްފިކެޓް 2

 

ޝަރުޠު:        1- ޤިރާއަތު ސެޓްފިކެޓް 1 ހަދައި ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:  1 ސެމިސްޓަރ

ޖާގަ:         60 ޖާގަ

 

  • މިކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ މަރްކަޒްތައް:  ތ، ގުރައިދޫގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.

 

        ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2019 ޑިސެމްބަރ 19 ވާ ބުދަ ދުވަހުން ފެށިގެން މި މަރުކަޒުގެ ގޮފިތަކުން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2020 ޖަނަވަރީ 05 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ހުށަހެޅުން އެދެމެވެ.

18 ޑިސެންބަރު 2019
ހޯދާ