މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވޭޖް)

އިޢުލާން

 

މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.

މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

02

މަޤާމް ގިންތި

ވަގުތީ

މުއްދަތު

ވަޒީފާ އަށް ހަމަޖެހޭ ތާރީހުން ފެށިގެން 04 މަސް (މީލާދީ ތާރިޙުން)

މަޤާމުގެ ރޭންކް

ޖީއެސް 3

މަގާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1,500 ރުފިޔާ

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރުގެ އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  • އޮތޯރިޓީގެ ލިޔެކިޔުންތައް ފައިލްކުރުން.
  • ފައިލްތައް ތަރުތީބުން ބެލެހެއްޓުން.
  • ފައިލްކޮށްފައިވާ ލިޔެކިޔުންތައް ސްކޭންކުރުން.
  • ސްކޭންކުރެވޭ ޑޭޓާތައް ތަރުތީބުކުރުން.

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

 

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް'  ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސާރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓް www.transport.gov.mv  އަދި މިއޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،  އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސާރވިސް އަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓް ކޮޕީ،

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

-          ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން)

އިންޓަރވިއު ކުރުން:

 

 

 

 

ޝޯޓްލިސްޓް ކުރުން:

 

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ( ހުރަވީ ބިލްޑިންގ ގެ 01  ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 22 ޑިސެންބަރު 2019 އިން ފެށިގެން 26 ޑިސެންބަރު 2019 އާ ދެމެދު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޑިސެންބަރު 2019 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަދި ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-     ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.

-  މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343425 އަށް ގުޅުއްވުން އެދެމެވެ.

11 ޑިސެންބަރު 2019
ހޯދާ