ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން ރަޖިސްޓަރީ ކުރުމާއި ގުޅޭ

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ އެރަށެއްގެ ކައުންސިލްގެ އިދާރާގައި "ބިދޭސީން

ރަޖިސްޓްރީކުރާ ދަފްތަރެއް" އޮންނަންޖެހޭތީ، ދަފްތަރު އެކުލަވާލުމުގައި ފަސޭހަ އަދި ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، ލޭބަރ ރިލޭޝަން އޮތޯރިޓީން ޤާއިމުކުރައްވާފައިވާ "ހަރަހެރި" ވެބް ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް، މިރަށުގައި ދިރިއުޅޭ ބިދޭސީން، އެމީހުންގެ ޕާސްޕޯޓް ކޮޕީ އާއި ވޯކް ޕާމިޓް ކޮޕީ އަދި މިރަށަށް އައި ތާރީޚާއި ރަށުގައި އުޅޭ އެޑްރެސް އަދި އެމީހާއާއި ޙަވާލުވެހުރި ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް، އެހެން އެޑްރެހެއްގައި އުޅޭނަމަ އެ އެޑްރެހުގެ މަޢުލޫމާތު، އައިޑީ ކާޑުގެ ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު އިގޭނެގޮތަށް 31 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 10:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                  ރަށުގައި ހުރި ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންވެސް ރަޖިސްޓްރީ ކުރަންޖެހޭތީ، ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު މަތީގައިވާ ތާރީޚުގައި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.    

05 ޑިސެންބަރު 2019
ހޯދާ