މަކުނުދޫ ސްކޫލް، ހދ. މަކުނުދޫ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ސްކޫލް ހުޅުވެންވާއިރަށް ސްކޫލްގައި ކުރަންހުރި މަރާމާތުގެ މަސައްކަތައް ކުރެވުނު އިޢުލާން ބާޠިލްކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

  1. 2020 ވަނަ އަހަރު ސްކޫލް ހުޅުވެންވާއިރަށް ސްކޫލުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު ނަމްބަރ GS97/IUL/2019/035 އާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވީ އެއް ފަރާތުން ކަމަށްވާތީ އެ އިޢުލާނު ބާޠިލްކޮށް 2020 ވަނަ އަހަރު ސްކޫލް ހުޅުވެންވާއިރަށް ސްކޫލުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

2.1-                ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

                                  I.            ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

                               II.            ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

                            III.            ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

                            IV.            އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2.2-               2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް

  1. މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 15 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 

  1. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަކުނުދޫ ސްކޫލް

ހދ މަކުނުދޫ، ދިވެހިރާއްޖެ

ފޯން: 6520529 ، އީ-މެއިލް: [email protected]

12 ރަބީޢުލްއާޚިރު 1441

9 ޑިސެމްބަރ 2019

09 ޑިސެންބަރު 2019
ހޯދާ