ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ސްޕެޝަލައިޒޭޝަން

ބޭނުންވާ ޢަދަދު

މަޤާމުގެ ނަންބަރ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

އެޑްމިނިސްޓްރޭޝަން

01

-

 

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް އެންޕްލޮއިމަންޓު

މަޤާމުގެ ރޭންކް:

GS3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 01

ސެކްޝަން:

އެޑްމިނިސްޓްރޭޝަން

މަޤާމް އޮތް އޮފީސް:

ލ. ރެސިޑެންޝަލް ލަރނިންގ ސެންޓަރ/ ލ. ގަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް

މުސާރަ:

4465.00ރ

ސަރވިސް އެލަވަންސް:

1500.00ރ

ސަޕޯރޓިންގ ކޯ އެލަވަންސް

700.00ރ

 

 އެހެނިހެން އެލަވަންސް:

  1. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 1- ދަނާލަށް ލިބޭ އެންމެހާ ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން.
  2. ދަނާލުގެ މެއިލް ޗެކުކުރުމާއި ދަނާލުން އެކިފަރާތްތަކަށް ފޮނުވާ މެއިލް ފޮނުވުން.
  3. ދަނާލުގެ ޚަރަދު ބިލް ރަޖިސްޓްރީ ބެލެހެއްޓުން.
  4. ދަނާލުގެ އިންވެންޓްރީ ޤަވާއިދު ބެލެހެއްޓުމާއި، ދަނާލުގެ ހަރުމުދާ ބެލެހެއްޓުން.
  5. ދަނާލު ބޯޑުގެ ބައްދަލުވުންތަކާއި އެހެނިހެން ބައްދަލުވުންތަކަށް ދެންނެވުން.
  6. ބޯޑު ބައްދަލުވުމާއި އެހެނިހެން ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
  7. ބޯޑު ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ ދެން އޮންނަ ބައްދަލުވުމަކަށް ޔައުމިއްޔާ ފާސްކުރުމަށް ހުށަހެޅުން.
  8. ދަނާލުގެ ބޭނުމަށް ހޯދަންޖެހޭ ތަކެތި/ ޚިދުމަތް ހޯދުމަށް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ހަދަންޖެހޭ ލިޔެކިޔުންތައް ހަމަކޮށް އެފަދަ ތަކެތި/ ޚިދުމަތް ހޯދުން.
  9. ދަނާލުން އެކިމަސައްކަތްތަކަށް ފަރާތެއް ހޯދުން/ ކަނޑައެޅުމުގައި ހަދަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުން.
  10. ދަނާލުގެ ބޭނުމަށް ހޯދާފައި ބަހައްޓައިގެން ބޭނުންކުރާ ތަކެތީގެ ސްޓޮކު ބެލެހެއްޓުމާއި ސްޓޮކު ބާކީ ޤަވާއިދުން ބެލެހެއްޓުން.
  11. ދަނާލު މުވައްޒަފުންގެ ޙާޟިރީ މަހުންމަހަށް ހެދުމާއި ހާޒިރީ ރެކޯޑު ބެލެހެއްޓުން.
  12. ހަޒިރީ ރިޕޯރޓު ހެދުން.
  13. މުސާރަޝީޓު މަހުންމަހަށް ހެދުމާއި މުސާރަ ޖަމާކުރުމުގެ މަސައްކަތްތައް ކުރުން.
  14. ދަނާލުގެ އެޕާރޓުމަންޓުތައް ކުއްޔަށް ދޫކުރުމަށް ހަދަންޖެހޭ އެއްބަސްވުންތައް ދަނާލު ބޯޑުގެ ރައީސްގެ ލަފާގެމަތިން ހެދުމާއި ކުއްޔަށް ހިފާ ފަރާތަށް އެޕާޓުމަންޓު ޙަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
  15. ދަނުލުގެ ކުއްޔަށް ހިފާފައިވާ އެޕާރޓުމަންޓު ތަކުގެ ކަރަންޓު ބިލު ހަވާލުކުރުމަށް އޮންނަ މުއްދަތުގައި ޙަވާލުކުރުން.
  16. ދަނާލުގެ ފަރާތުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި މެސެޖްފަދަ ލިޔެކިޔުންތައް އެފަރާތްތަކާއި ޙަވާލުކުރުން.
  17. ދަނާލު ހިންގުމަށް ބޭނުންކުރާ ފޮތްތަކާއި ފައިލްތައް އަދި ލިޔެކުމަށް ބޭނުންކުރާ އެންމެހާ ތަކެތި ފުރިހަމަކޮށް ބެލެހެއްޓުން.
  18. ދަނާލު ބޯޑުން ކަނޑައަޅާފައިވާ އުސޫލުގެ މަތިން ކުއްޔަށް ހިފާފައިވާ އެޕާރޓުމަންޓުތަކުގެ ބަލާ ފާސްކުރުމުގެ އެންމެހާ މަރުޙަލާއެއް ފުރިހަމަކުރުން.
     

 

 

މަޤާމުގެޝަރުތުތައް:

އަސާސީ ޝަރުތު


ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކްނޑްރީ ސްކޫލް' ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށްއެދޭ ފޯމު (އެޕްލިކޭޝަން ފޯމު މިސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.   

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ޓްރާންސްކްރިޕްޓްގެ  ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރިވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ޑިސެމްބަރު 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ޑިސެމްބަރު 2019 އާއި 19 ޑިސެމްބަރު 2019  އާ ދެމެދު، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލު މީޓިންގ ރޫމު ގައެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800012 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

 

08 ޑިސެމްބަރު 2019

08 ޑިސެންބަރު 2019
ހޯދާ