މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

 

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން:

ޕަބްލިކޭޝަންސް ސެކްޝަން/ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިކޮނޮމިކްސް، އިކޮނޮމެޓްރިކްސް ނުވަތަ އިކޮނޮމިކްސްއާ ގުޅުުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓާރސް ޑިގްރީ ހާޞިލް ކޮށްފައިވުން.

ހުނަރުވެރިކަން: 

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައި މިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • އިޤްތިޞާދު ދިރާސާކޮށް މަޢުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުމުގެ ހުނަރު ހުރުން.
  • އިޤްތިޞާދީ، ބޭންކިން އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސް ހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުން ކޮށްގެން އެނަލިސިސް ހަދަން އެނގުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ އިން ތައްޔާރުކުރާ އެކިއެކި ޕަބްލިކޭޝަންސްތަކާއި ރިސަރޗް ޕޭޕަރުތައް ތައްޔާރު ކުރުމާއި އިޤްތިޞާދާ ގުޅޭ ކަންކަމުގެ ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގައި ހަރަކާތްތެރިވުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން:

އިކޮނޮމިކް ރިސަރޗް ސެކްޝަން/ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • އިކޮނޮމިކްސް، އިކޮނޮމެޓްރިކްސް ނުވަތަ އިކޮނޮމިކްސްއާ ގުޅުުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ މާސްޓަރސް ޑީގްރީ ހާސިލް ކޮށްފައިވުން

ހުނަރުވެރިކަން: 

ވަޒީފާއަށް މީހަކު ހޮވުމުގައި ތިރީގައި މިވާ ހުނަރު ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  • އިޤްތިޞާދު ދިރާސާކޮށް މައުލޫމާތު އެއްކޮށްގެން އިޤްތިޞާދާ ގުޅޭގޮތުން އެކިއެކި ރިޕޯޓް ލިޔެ ތައްޔާރުކޮށް ޕްރެޒެންޓް ކުރުމުގެ ހުނަރު ހުރުން.

 

 

  • އިޤްތިޞާދީ، ބޭންކިން އަދި ފައިނޭންޝަލް ދާއިރާއާ ގުޅޭ ތަފާސްހިސާބުތައް ދިރާސާކޮށް، އެ މައުލޫމާތަށް ބިނާކޮށް ރިސަރޗް ޕޭޕަރ ލިޔުމުގެ ގާބިލްކަން ލިބިފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން. އީވިއުސް އަދި ސްޓޭޓާ ފަދަ ސްޓެޓިސްޓިކަލް ސޮފްޓްވެއަރ އަކަށް އަހުލުވެރިވެފައިވުން.
  • ދިވެހިބަހާއި އިނގިރޭސި ބަހުން ފެންވަރު ރަނގަޅު ލިޔުންތައް ތައްޔާރުކުރުމުގެ ގާބިލްކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ދިވެހިރާއްޖެއާއި ބޭރު ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޕަބްލިކޭޝަންތަަކަށް ލިޔުން ތައްޔާރު ކުރުން.
  • ޕޮލިސީ ނިންމުންތަކަށް ބޭނުންވާ ޕޮލިސީ ކަރުދާސްތަކާއި، ރިސަރޗް އާޓިކަލް ތައްޔާރުކުރުން.
  • ރިސަރޗް މަސައްކަތަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސާވޭ ކުރުން.
  • އިޤްތިޞާދާއި ގުޅޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމަށް ހިންގޭ އެކި ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން

މަނިޓަރީ އެންޑް ފައިނޭންޝަލް ސްޓެޓިސްޓިކްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • އެކައުންޓިން، ފައިނޭންސް ނުވަތަ ސްޓެޓިސްޓިކްސްގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި މައިކްރޯސްފްޓް އެކްސެލް ރަގަޅަށް ބޭނުންކުރަން އެނގޭ ފަރާތްތަކަށާއި މާލީ ދާއިރާގެ ތަފާސްހިސާބުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނިޓަރީ އަދި ފައިނޭންޝަލް ތަފާސްހިސާބުތައް އެކުލަވާލުމާއި މިފަދަ ތަފާސްހިސާބުތައް އިތުރަށް ފުޅާކުރުން.
  • އައިއެމްއެފް އާއި ވޯލްޑް ބޭންކް ފަދަ ބައިނަލްއަޤުވާމީ މަލީ އިދާރާތަކަށް ފޮނުވުމަށް ބޭނުންވާ މަނިޓަރީ އަދި ފައިނޭންސް އާގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުން.
  • މަނިޓަރީ އަދި ފައިނޭންޝަލް ތަފާސްހިސާބުގެ ޑޭޓާބޭސް އިތުރަށް ތަރައްގީ ކުރުމާއި ގުޅުންހުރި މަސައްކަތް ކުރުމުގައި އެހީތެރިވުން.
  • މަނިޓަރީ އަދި ފައިނޭންޝަލް ދާއިރާގައި ހިނގަމުންދާ ކަންތައްތައް ދިރާސާކޮށް ބެލުން.  

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

ކަލެކްޝަން އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • އެޗްއެސްސީ އަދި ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 5 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަޢުލޫމާތު ލިބިފައިވުމާއި މައިކްރޯސޮފްޓް އެކްސެލްއަށް އަހުލުވެރިވެފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ ރިޕޯޓާއި މަޢުލޫމާތުތައް އިވަލުއޭޓްކުރުމާއި އެނަލައިޒްކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

9,000.00 – 13,250.00 ރުފިޔާ

މަޤާމް:

އޮފިސަރ

ސެކްޝަން/ޑިވިޜަން:

ސްޓެޓިސްޓިކަލް އިންފޮމޭޝަން ސިސްޓަމްސް ސެކްޝަން / ސްޓެޓިސްޓިކްސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭލެވެލް އިމްތިހާނުގެ 3 މާއްދާއިން (ހިސާބު މާއްދާ ހިމެނޭގޮތަށް) "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުން.
  • މައިކްރޯ ސޮފްޓް އެކްސެލްގެ ފޯމިއުލާތަކާއި ޕިވޮޓް ޓޭބަލްއާއި އެކްސެލްގެ ފަންކްޝަންތައް ރަގަޅަން އެނގުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ކޮމްޕިއުޓަރ ޕްރޮގްރާމް ލިޔުމަށާއި ޑޭޓާބޭސް ޑެވެލޮޕްމަންޓް ފަދަ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިޔަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށްއިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ތަފާސް ހިސާބާ ގުޅޭ ޑޭޓާ ވެއަރހައުސް ޑިޒައިން ކުރުމާއި ޑެވެލޮޕްކުރުމާއި ޑޭޓާބޭސްގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން
  • ޑޭޓާބޭސްއާ ގުޅޭ ތަމްރީނު ދިނުމާއި ޑޭޓާބޭސް މޮނިޓަރކުރުމާއި އިތުރު ތަރައްގީ ގެނައުމުގެ މަސައްކަތްތަކަށް އެހީތެރިވެ ދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 13,250.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

12 ޑިސެންބަރު 2019 ވަނަ ދުވަހުގެ 15:00 އަށް

 

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

05 ޑިސެންބަރު 2019
ހޯދާ