މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ

                                                                ނަންބަރ: (IUL)GS-23/PRIV/2019/37

އިޢުލާން

2020 ވަނަ އަހަރު ސްކޫލް ހުޅުވެންވާއިރަށް ސްކޫލްގައި ކުރަންހުރި މަރާމާތު މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

 2020 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމަށްޓަކައި ސްކޫލްގައި ކުރަން ހުރި މަރާމާތު މަސައްކަތްތައް ކޮންޓްރެކްޓް އުޞޫލުން ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކުރި އިޢުލާން (IUL)GS-23/PRIV/2019/35   ( 1 ޑިސެމްބަރ 2019) އާއި ގުޅިގެން ތިން ފަރާތުން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

  1. މި ބީލަން ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

1.1) ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

ހ. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

ށ. ޕާރޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

ނ. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

ރ. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

2) 1.1 ގައި ބަޔާން ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް.

 

 

މިބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 11 ވާ ބުދަ ދުވަހުގެ 10:00 ގައި މި މަރުކަޒު ގައެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ އެވެ.  

 

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 16 ވާ ހޯމަ ދުވަހުގެ 10:00 ގައި މި މަރުކަޒު ގައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަންބަރު 7952901 ފޯނަށް ގުޅުއްވުން އެދެމެވެ. އީ މެއިލް ކުރައްވާނީ [email protected]   އަށެވެ.

 

 

                       8 ރަބީޢުލްއާޚިރު 1441

                        5 ޑިސެމްބަރ 2019

05 ޑިސެންބަރު 2019
ހޯދާ