ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
27 ވަނަ މިސްރުގެ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

27 ވަނަ މިސްރުގެ ބައިނަލް އަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

 

    މިޞްރު/ ޤާހިރާގައި 2020 ވަނަ އަހަރު ފެބުރުވަރީ 08 ން 13 ށް  ބޭއްވުމަށް ހަމަޖެހިފައިވާ "27 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ރިސައިޓް އޮފް ދަ ހޮލީޤުރުއާން" ގައި ބައިވެރިވުމުގެ ދައުވަތުވަނީ ރާއްޖެއަށް ލިބިފައެވެ. މިމުބާރާތުގައި މުޅި ޤުރުއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ގޮފީގައި ބައިވެރިވުމުގެ ފުރުޞަތު އެބައޮތެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށްް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު މިޞްރު ސަރުކާރުން ދެއްވާގޮތަށްވަނީ ހަމަޖެހިފައވެ.

 

ބައިވެރިވުމުގެ ޝަރުޠު

 

  1. މި މުބާރާތުގެ ފައިނަލް ބުރުގައި މީގެކުރިން ބައިވެރިވެފައި ނުވުން.
  2. ބައިނަލް އަގްވާމީ މުބާރާތުގައި މީގެކުރިން ބައިވެރިވެ އެ ކެޓަގަރީއަކުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
  3.  ޢުމުރުން 25 އަހަރުފުރިހަމަ ވެފައި ނުވުން.
  4. މުޅި ޤުރުއާން ހިތުދަސްކޮށް  ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ކިޔަވަން އެނގުން.
  5. އިސްލާމީ ތުރުހީއްޔާގައި މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.

 

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިން ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2019 ޑިސެމްބަރ 26 ވާ ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

05 ޑިސެންބަރު 2019
ހޯދާ