މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުން

މީހުން ބޭނުންވެއްޖެ

 

ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ މީހުން ހޯދުން

 މިކުންފުނީގައި މެއިލް މެނެޖްކުރުމަށްޓަކައި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ނިންމުމަށް މީހުން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

6 ( ހައެއް )

އުޖޫރަ

  1. 200.00 ރުފިޔާ ދުވާލަކަށް (8 ގަޑިއިރު) 
  2. 100.00 ރުފިޔާ (04 ގަޑިއިރު)

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

 

ޔުނިޓް :

ސޭލްސް އެންޑް ކަސްޓަމަރ ސަރވިސް މެނޭޖްމަންޓް

މެއިލް އޮޕަރޭޝަންސް ޑިވިޜަން

މައިގަނޑު މަސައްކަތް

  • ދުވަހުން ދުވަހަށް ކުރަންޖެހޭ ޑޭޓާ އެންޓްރީގެ މަސައްކަތްތަކާއި ކަސްޓަމަރުންނަށް ޕާރްސަލް ދޫކުރުމުގެ ޚިދުމަތް ދިނުމާ ގުޅޭ މަސައްކަތްތައް ކުރުން.

ޝަރުޠު:

  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ރަނގަޅަށް ބޭނުން ކުރަން އެނގުން.
  • ކަސްޓަމަރުންނާ މުޢާމަލާތް ކުރުމުގެ ހުނަރު ހުރުން
  • ކޮލެޖް އަދި ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރުންނަށްވެސް މިފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.  
  • އުމުރުން 18 އަހަރު ނުފުރޭ ފަރާތެއްނަމަ ބެލެނިވެރިޔާގެ ލިޔުމެއް ހުށަހަޅުއްވުން އެދެމެވެ.

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކަސްޓަމަރ ސަރވިސް އަދި ޑޭޓާ އެންޓްރީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ޙަވާލު ކުރެވޭ މަސައްކަތްތައް މުސްތަގިއްލުކަމާއެކު ކުރުމުގެ ޤާބިލްކަން ހުރުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

މަސައްކަތު ގަޑި:

  • ހެނދުނު 8:00 އިން ހަވީރު 16:00އަށް (8 ގަޑިއިރު މަސައްކަތް ކުރާނަމަ 1 ގަޑިއިރުގެ ބްރޭކެއް ލިބޭނެއެވެ)
  • 16:00-12:00 އަށް (4 ގަޑިއިރު މަސައްކަތް ކުރާނަމަ 1 ގަޑިއިރުގެ ބްރޭކް ނުހިމަނާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަސައްކަތަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
  • ވަޒީފާއަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 11 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، މަސައްކަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގުގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

https://maldivespost.com/media/downloads

އިތުރު މަޢުލޫމާތު:

  • މި މަސައްކަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                        04 ޑިސެމްބަރު 2019

         

 

04 ޑިސެންބަރު 2019
ހޯދާ