ކެނދިކުޅުދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ކުރަން ބޭނުންވާ މަރާމާތާއި ގުޅޭ

އިޢުލާން

2020 ވަނަ އަހަރަށް ކުރަން ބޭނުންވާ މަރާމާތާއި ގުޅޭ


މި ސްކޫލުގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެއްޖެއެވެ.

1. ގްރޭޑް 3 ބީގެ ކުލާސްރޫމްގެ ތަށިމުށި ބަދަލްކުރުން

2. ޕްރީސްކޫލް ކުދިން ކުޅެން ބޭނުންކުރާ ސަރަހައްދު މަރާމާތުކުރުން

3. ސްކޫލްގެ ގޭޓް މަރާމާތު ކުރުން

4. ޕްރީ ސްކޫލް ކްލާސްރޫމް ތަކުގައި ކުލަޔާއި ދަވާދުލުން

ވީމާ، މިމަސައްކަތްތައް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އުސޫލުން ސްކޫލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ދިނުމުގެ ބައްދަލުވުން

10 ޑިސެމްބަރ 2019 ވާ އަންގާރަ  ދުވަހު 10:00 ( ކެނދިކުޅުދޫ ސްކޫލްގައި )

އެސްޓިމޭޓް ބަލައިގަތުން

15 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހު 10:00  ( ކެނދިކުޅުދޫ  ސްކޫލްގައި )

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތުސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށަހަޅަންވާނެއެވެ.

މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަމައުލޫމާތަށްޓަކައި ދެންނެވީމެވެ.

މި މަސައްކަތްތަކަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ޑިސެންބަރު 2019
ހޯދާ