އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުއްޔަށް ބިންދޫކުރުމާއިބެހޭ:

`

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ                

      ބޮޑުފޮޅުދޫ، ދިވެހިރާއްޖެ                                                                    

 

ނަންބަރ(IUL)343 /343/2019/ 115:

އިޢުލާން

ކުއްޔަށް ބިންދޫކުރުމާއިބެހޭ:

                              ބަނދަރު ކޮޅުތޮށިން ބިން ކުއްޔަށް ދޫކުރުމަށް ކުރިން ކޮށްފައިވާ (IUL) 343-343/2019/105   ނަމްބަރ އިޢުލާނަށް އެއްވެސް ފަރާތަކުން މައުލޫމާތު ސާފްކޮށްފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                  މިރަށުގެ ބަނދަރުގެ އިރުމަތިފަރާތު ކޮޅުތޮށިން މަސްވެރިކަމާއި، ގުޅުންހުރި މަސައްކަތްތައް ކުރުމަށް 1000 އަކަފޫޓްގެ  1 ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލްއިން ވަނީ ނިންމާފައެވެ. އަދި ކުއްޔަށް ދޫކުރާބިމުގެ ކުލި ފެށޭ އަގަކީ އަކަފޫޓަކަށް /1 ރ. ރޭޓުންނެވެ. މިގޮތުން ބިންކުއްޔަށްދޫކުރެވޭނީ އަކަފޫޓަކަށް /1 ރުފިޔާ އަށްވުރެ މަތިން އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ކުއްޔެއް ހުށަހަޅާ ފަރާތްތަކަށެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

                  ވީމާ، ބިން ކުއްޔަށްހިފަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 11 ޑިސެންބަރު 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މިކައުންސިލުގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 19 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހުށައެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ހުށަހަޅާފަރާތްތަކުގެ ހާޟިރުގައި 19 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގައެވެ. މަތީގައި ދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ސެސަނަށް ހާޒިރުނުވާފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މައުލޫމާތު ސާފްކުރަން ވަޑައިގެންނެވި ބޭފުޅުންނަށްލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. މިލިޔުމުގެ ބޭރުގައި "ބިން ކުއްޔަށްހިފުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

                        ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

                       04 ޑިސެންބަރު 2019

04 ޑިސެންބަރު 2019
ހޯދާ