މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުމާބެހޭ

މި މިނިސްޓްރީން ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ 2020 ވަނަ އަހަރަށް ވަރުވާ ދެއްކުމުގެ މުއްދަތު  2019 ޑިސެންބަރު މަހުގެ ނިޔަލަށް ހަމަވާތީ، 31 ޑިސެންބަރު 2019 ވަނަ ދުވަހުގެ ކުރިން މި ފައިސާ ދެއްކެވުމަށް ވަރުވާއަށް ފަޅުރަށް ލިޔުއްވައިގެން އުޅުއްވާ ފަރާތްތަކަށް ހަނދުމަފުޅުކޮށް އަރުވަމެވެ. ފަޅުރަށްރަށުގެ ވަރުވާ ދައްކަވާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ. ވަރުވާ ދައްކަވަން ވަޑައިގަނަވާއިރު ރަށް ލިޔެދީފައިވާ ފަރާތުގެ އައިޑެންޓިޓީ ކާޑު ނުވަތަ ކާޑުގެ ކޮޕީ އެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.   އަދި ފަޅުރަށްރަށުގެ ވަރުވާ އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލުންވެސް ބަލައިގަންނާނެ ވާހަކަވެސް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. 2020 ވަނަ އަހަރުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވާއިރު ރަށަށް ދައްކަވަންޖެހޭ ވަރުވާ

 ނުދައްކަވާ ފަރާތްތަކާމެދު، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަ ފަޅުރަށްރަށް ވަރުވާއަށް ގެންގުޅުއްވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.       

04 ޑިސެންބަރު 2019
ހޯދާ