މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ފޯސް އިން ހުޅުމާލޭގައި އިރުމަތީ ފަރާތުން 07 މޭލު ބޭރު ކަނޑުމަތީގެ ތަމްރީނު އާއި ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހުޅުމާލޭގެ އިރުމަތީ ފަރާތުން 07 މޭލު ބޭރުކަނޑުމަތީގައި  މެޝިން ގަން ފަޔަރިން ތަމްރީނުތަކެއް 05 ޑިސެންބަރު 2019 ވަނަ ދުވަހުގެ 06:00 އިން 18:00 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިއޮތޯރިޓީއަށް އަންގާފައިވެއެވެ.

މިތަމްރީނުތަކުގައި  ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނެ ގޮތުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

1-      ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :                    މެޝިން ގަން ފަޔަރިން

2-      ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:              5000 މީޓަރ

3-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:              100 މީޓަރ

4-      ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:              ސީ.ލެވެލް

5-      ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:                ހުޅުމާލެއިން އިރުން 07 މޭލު ބޭރުގައި

            ވީމާ ހުޅުމާލެ ކައިރިން ކަނޑުދަތުރު ފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

 

04 ޑިސެންބަރު 2019
ހޯދާ