ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ (ޕްރޮކިއުމަންޓް)

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ޑިރެކްޓަރ (ޕްރޮކިއުމަންޓް)

ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު 12687.50 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 5437.50ރުފިޔާ

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް)

ސްޕައިން ޕޮއިންޓް:

40

ގްރޭޑް

ADG7

މަޤާމުގެ ޝަރްޠުތައް:

 • ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ޕްރޮކިއުމަންޓް ނުވަތަ ފައިނޭންސްގެ ދާއިރާއިން ލިބިފައިވުން ނުވަތަ؛
 • ބިޒްނަސް މެނޭޖްމަންޓް ނުވަތަ ފައިނޭންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ލިބިފައިވުމާއެކު 4  އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ޕްރޮކިއުމަންޓް ނުވަތަ ފައިނޭންސްގެ ދާއިރާއިން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • އެކިއެކި މަސައްކަތްތައް ކުރުވުމަށް އެސްޓިމޭޓް ހޯދަންޖެހޭ ކަންކަމުގައި ގަވާއިދުތައް ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން އަންދާސީ ހިސާބު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން އެކަންކަން ހިންގުން.
 • ޔުނިވަރސިޓީއަށް ތަކެތި ހޯދުމުގައާއި ފައިސާ ޚަރަދުކުރުމުގައި، މާލިއްޔަތާ ބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކުރަމުން ގެންދިއުން.
 • ޔުނިވަރސިޓީން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތާއި ބެހޭ ޤަވާޢިދާއި އެއްގޮތަށް ޚަރަދުކޮށް ބެލެހެއްޓުމާއި އެކަމާ ބެހޭ އެންމެހާ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުވުން.
 • ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ކޮރަޕްޝަނަށް މަގުފަހި ނުވާނޭ ގޮތުގެ މަތީން ހިންގާ ބެލެހެއްޓުން.
 • ޔުނިވަރސިޓީގެ ހަރު މުދަލާއި އިންވެންޓްރީގެ ކަންތައް ހަރުދަނާ ނިޒާމެއްގެމަތީން އިންތިޒާމުކޮށް ބެލެހެއްޓުން.
 • ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭންގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޔުނިވާސިޓީގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވުން.
 • ޔުނިވަރސިޓީގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވުމާއި، ބަޖެޓް އެންމެ އެފިޝަންޓްކޮށް ބޭނުންކުރުމުގައި އެހީތެރިވެދިނުން
 • ޔުނިވަރސިޓީއަށް ލިބޭ އާމްދަނީއާއި މިނިސްޓްރީ އޮފް ފިނޭންސްއިން އެންޑް ޓްރެޜަރީއިން ކަނޑައަޅުއްވާ ދެއްވާ އަހަރީ ބަޖެޓްގެ ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދިނުން.
 • ހަރުދަނާ އުސޫލުތަކެއްދެ ދަށުން ޚަރަދުތައް ބެލެހެއްޓޭނެ ނިޒާމު ގާއިމު ކުރުމުގައި ފައިނޭންޝަލް ކޮންޓްރޯލަރ އަށް ލަފާދިނުމާއި، އުސޫލުތައް އެކުލަވާލުން.
 • ޔުނިވަރސިޓީން ހިންގުމަށް ބޭނުންވާ ހުރިހައި ވަސީލަތެއް ހޯދުމާއި އެ ތަކެތި ބެލެހެއްޓުމުގެ އެންމެހައި މަސައްކަތް ބެލެހެއްޓުން.
 • އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި އަދި މަރާމާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ އުޞޫލުތައް ޤާއިމުކުރުމާއި އަދި ޕްރޮކިއޯމެންޓްގެ މަސައްކަތް މާލިއްޔަތާ ބެހޭ ގަވާއިދާއި އުޞޫލުގެ ދަށުން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
 • ޕްރޮކިއުމަންޓް ޑިޕާރޓްމަންޓްއިން ނިންމަންޖެހޭ ރިޕޯޓްތައް ގަވާއިދުގެ މަތީން ނިންމާ ޗެކްކޮށް ބެލެހެއްޓުން.
 • ޔުނިވަރސިޓީން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދައްކަމުން ގެންދޭތޯ ބަލައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މަސައްކަތް ކުރުވުން.
 • ޔުނިވަރސިޓީގެ މަރާމާތުތައް ކުރުމާ ސެކިއުރިޓީ ގޮތުން އޮފީހާއި އޮފީހުގެ ހަވާލުގައިވާ ތަންތަން ބެލެހެއްޓުވުން.
 • އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްތަކުގެ ބިލްތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކްކުރުން.
 • ޔުނިވަރސިޓީގެ ފަރާތުން ހިންގަންޖެހޭ ތަފާތު ޕްރޮޖެކްޓް ތަކުގައި ޕްރޮކިއުމަންޓް ޑިޕާރޓްމަންޓްއިން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދިނުން.
 • މާގާމާއި ގުޅިގެން ވައިސް ޗާންސެލަރ ނުވަތަ ޑެޕިއުޓީ ވައިސް ޗާންސެލަރުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
 • ޑިޕާރޓްމަންޓް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒް ކުރުން. އަދި ޑިޕާރޓްމަންޓްގެ މުވައްޒަފުންނަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
 • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
 • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލް ޓެސްޓް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
 • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
 • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
 • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް

 • މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދިލައްވާނީ  ޔުނިވަރސިޓީގެ ޖޮބް ޕޯޓަލް www.jobs.ium.edu.mv މެދުވެރިކޮށެވެ. މިނޫން ގޮތަކަށް ފޮނުވޭ އެޕްލިކޭޝަން ފޯމުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
 • ޕޯޓަލްއަށް އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ. މިނޫންގޮތަކަށް ހުންނަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
 • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:   

 • 15 ޑިސެންބަރު 2019 ވަނަ ދުވަހުގެ މެންދުރު 12:00 އަށް

ނޯޓް:

 • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
 • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
 • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
 •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
 • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު
 • 8:00 އިން މެންދުރު 14:00 އަށެވެ.
 • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 16 ޑިސެންބަރު 2019 އިން  31 ޖަނަވަރީ 2020 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

 • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022116ނަންބަރު ފޯނާއެވެ.
 • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
03 ޑިސެންބަރު 2019
ހޯދާ