މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުގޭގެ ގޯތިތެރޭގައިހުރި، ކުރިން ބޭންކް އޮފް މޯލްޑިވްސް ހިންގި އިމާރާތުގެ މަރާމާތާއިބެހޭ.

އިޢުލާން

މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުގޭގެ ގޯތިތެރޭގައިހުރި، ކުރިން ބޭންކް އޮފް މޯލްޑިވްސް ހިންގި އިމާރާތުގެ މަރާމާތާއިބެހޭ.

                       މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުގޭގެ ގޯތިތެރޭގައިހުރި، ކުރިން ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗް ހިންގި އިމާރާތުގެ ފުރާޅުތަކުގެ ޓިނު ބަދަލުކޮށް ދިޔަދޮވި ހަރުކުރުމާއި އަސްކަނިތައް ސީލިންގ ކުރުމާއި ގުޅޭގޮތުން މިއިދާރާގެ ފަރާތުން ކޮށްފައިވާ ނަންބަރ: (IUL)230-PPRM/230/2019/22 (13 ނޮވެމްބަރ 2019) އިޢްލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް ބާތިލްކޮށް އެމަސައްކަތަށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

                       ވީމާ، މަތީގައި ދެންނެވިފައިވާ އިމާރާތުގައި މިހާރު ޖަހާފައިވާ ސިމެންތި ޓިނުތައް ނަގާ، މިއިދާރާގެ ފަރާތުން ތަކެތި ދިނުމުން، ފުރާޅުތަކުގައި ޓިނު ޖަހާ ދިޔަދޮވި ހަރުކުރުމަށްފަހު އިމާރާތުގެ ވަށައިގެންވާ އަސްކަނިތައް ސީލިންގ ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11.00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހު 11.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                       އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވަންވާނީ އެމީހަކާއި ބެހޭ ފުރިހަމަ މައުލޫމާތު އެގޭނެ ފަދަ ލިޔުމަކާއި އެކުގައެވެ. ކުންފުންޏަކުންނަމަ އެކުންފުނީގެ ފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. މީގެ އިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުއްވާނަމަ އެމީހަކީ އެފަރާތުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅުއްވަން ޖެހޭނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި އީ މެއިލްގެ އިތުރުން ފެކްސްގެ ޛަރީއާއިން ފޮނުވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ކަމާއި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަތުމުގެ އިތުރުން މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ކަންވެސް އާއްމުކޮށް އެންގުމަށްޓަކާ އިޢްލާން ކުރީމެވެ.

02 ޑިސެންބަރު 2019
ހޯދާ