ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކ.ގިރިފުށީގައި ނައިޓް ފަޔަރިންގ ތަމްރީނުތަކެއް 06 ޑިސެންބަރު 2019 ވަނަ ދުވަހުގެ ރޭ 18:00 އިން 23:59 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިއޮތޯރިޓީއަށް އަންގާފައިވެއެވެ.
މިތަމްރީނުތަކުގައި މިނީފްލޭއަރ އާއި ޕެރަޝޫޓް ފްލޭއަރ ގިރިފުއްޓާދިމާ މަތީގައި ބޭނުންކުރުމަށް ހަމަޖެހިފައިވާތީ އެތަކެތި ބޭނުން ކުރާނެ ގޮތުގެ ގޮތުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މިނީފްލޭއަރ ، ޕެރަޝޫޓް ފްލޭއަރ
2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 300 މީޓަރ
3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރ
4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ގިރިފުއްޓާއި ދިމާމަތި
ވީމާ ކ.ގިރިފުށީ ކައިރިން ކަނޑުދަތުރު ފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު
ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.