ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

                                                        ނަންބަރު: IUL)242/242/2019/31)              

އިޢުލާނު

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމް:

J-252190

މަޤާމުގެ ނަންބަރު:

1

ދާއިމީ

ބޭނުންވާ އަދަދު:

މަޤާމުގެ ގިންތި

އެމް.އެސް. 1

މަޤާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5,610.00 ރުފިޔާ (މަހަކު)

މުސާރަ:

2000/- ރުފިޔާ (މަހަކު)

ސަރވިސް އެލެވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އެހެނިހެން އެލަވަންސް:

  1. އިދާރީ ދާއިރާގެ ފެންވަރުގައި އަތޮޅުކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވިޔަފާރީގެ މުއާމަލާތްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  2. އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން އޮންލައިން ޕޯޓަލް މެދުވެރިކޮށް ހިންގާ މަސައްކަތް ކުރުން 
  1. އަތޮޅުގެ ރަށްރަށުގެ ބަދަރު މަރާމާތުކޮށް ބިންހިއްކުމުގެ މަޝްރޫޢުތައް ހިނގާ ނުހިގާ ގޮތް ބަލާ މޮނިޓަކުރުން
  2. ރަށުކައުންސިލްތަކުން ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދާ ހިންގަމުންގެންދާގޮތް ބަލާ މޮނިޓަރކުރުން
  3. ރަށުކައުންސިލްތަކުން ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން މަޝްވަރާއަށް އެދޭ ކަންކަމުގައި މަޝްވަރާ ދިނުން
  4. އަތޮޅުކައުންސިލް ތަރައްޤީގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމާއި ލޯކަލް ކައުންސިލްގެ ޤާނޫނުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ބިމާއި މުނިސިޕަލް  ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން
  5. އަތޮޅުކައުންސިލާއި ރަށުކައުންސިލްތަކުން ހިންގާ ތަރައްޤީގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމްއިއްޔާ ޖަމަޢާތްތަކުގެ ދައުރު ފުޅާކޮށް އެފަރާތްތަކުގެ ބައިވެރިވުން ހޯދަން މަސައްކަތް ކުރުން
  6. ރަށުކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތް ދިނުމަށާއި އާމްދަނީ ހޯދުމުގެ ފުރުޞަތު އިތުރުކުރުމާއި އަދި އިޤުތިޞާދީ އަދި އިޖުތިމާއީ ގޮތުން ކުރިއެރުން ހޯދުމުގެ ބޭނުމުގައި އަމިއްލަ ޖަމާޢަތްތަކާއި ކުންފުނި ނުވަތަ ކޯޕަރޭޓިވްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމާއެކު ކުރާ މަސައްކަތްތައް ބަލާ މޮނިޓަރ ކުރުން.
  7. އަތޮޅުގައި ހިގާ އިދާރީ ދާއިރާއިން ހިންގާ ޕްރޮޖެކްޓްތައް މޮނިޓަރކޮށް ބެލެހެއްޓުން
  8. އަތޮޅުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ވިލަރެސްކޮށް ހިންގުން
  9. ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  10. ދުވަހުން ދުވަހަށް ސެކްޝަންގެ މަސައްކަތާއިބެހޭގޮތުން އިދާރީ އެންމެ އިސްވެރިޔާއާއި މަޝްވަރާކޮށް ސެކްޝަންގެ މަސައްކަތްތައް ތާވަލްކޮށް މުވައްޒަފުން ޢަމަލު ކުރުމަށް ހެދިފައިވާ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ނަޒާހަތްތެރިކަމާއެކު ސެކްޝަނުގެ ނަތީޖާ ހާސިލް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން
  11. ކައުންސިލުން ކުރިއަށްގެންދެވޭ ޚާއްސަ މަސައްކަތްތަކާއި ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އަދި އެފަދަ ކަންތައްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް މުވައްޒަފުންގެ ބައިވެރިވުން އިތުރު ކުރުމަށް މަސައްކަތްކުރުން
  12. ކައުންސިލް އިދާރާގެ މުވައްޒަފަކު ނުވަތަ ސެކްޝަން ހެޑެއް ޗުއްޓީ ނަންގަވައިފިނަމަ އެބޭފުޅެއްގެ ވަޒީފާ ބަޔާނުގައިހުރި މަސައްކަތްތައް، އިދާރީ ޒިންމާދާރުވެރިޔާގެ އިރުޝާދާއި އެއްގޮތްވާގޮތެއްގެ މަތިން މޮނިޓަރކޮށް ބެލެހެއްޓުން
  13. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން
  14. އަތޮޅުކައުންސިލްގެ ދަށުގައިވާ އެންމެހާ ޢިމާރާތްތަކުގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ބެލެހެއްޓުން

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގުތަކުން (ބިސްނަސް އެޑްމިނިސްޓްރޭޝަން، ބިސްނަސް މެނޭޖްމަންޓް، އިކޮނޮމިކްސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

އިކޮނޮމިކްސް

މަޤާމުގެ ޝަރުޠުތައް:

 

ވަޒީފާއާގުޅޭ ދާއިރާތައް:

ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއިން، ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

  1. 1.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • ލިބިފައިވާ މަސައްކަތު ތަޖުރިބާ
  • ލިބިފައިވާ ހުނަރު
  1. އިންޓަރވިއު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޑިސެމްބަރ 09 ވާ ހޯމަ ދުވަހުގެ ގެ 14:00ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.     

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ޑިސެންބަރު 9 އާ 2019 ޑިސެންބަރު 26 އާ ދެމެދުއެވެ. އިންޓަރވިއު އޮންނާނީ ގދ. އަތޮޅު ކައުންސިލް އިދާރާގައެވެ. ވުމާއެކު އިންޓަވިއުއަށް ތައްޔާރުވެގެން ތިބުމަށް ދަންނަވަމެވެ.

 

އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މިއުލާނާ ގުޅިގެން މައުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ 6841032 ނަންބަރު ފޯނާއެވެ.

 

                           01 ރަބީއުލްއާޚިރި 1441

                           28 ނޮވެންބަރު 2019

 

                                                            މުޙައްމަދު ނާސިޙް ރަޝީދު

                                                      ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ރައީސް

28 ނޮވެންބަރު 2019
ހޯދާ