އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ދޯނިފަހަރު އެޅުމާއި ގުޅޭ

އިޢުލާން

ބަނދަރުގައި ދޯނިފަހަރު އެޅުމާއި ގުޅޭ

 

 

 

           

                މިރަށުގެ ބަނދަރުގެ މަސައްކަތް އެއްކޮށް ނުނިމޭތީއާއި ގުޅިގެން ކައުންސިލްގެ ހުއްދައެއް ނެތި ބަނދަރުގައި ދޯނިފަހަރު އަޅާފައި ބޭއްވުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އެހެންކަމުން ބަނދަރުގެ މަސައްކަތް އެއްކޮށް ނިމި، ރަސްމީގޮތެއްގައި ބަނދަރު ހުޅުވެންދެން މީހުން ލަފާ ފުރާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ކައުންސިލްގެ އެއްވެސް ހުއްދައެއް ނެތި ބަނދަރުގައި ދޯނި ފަހަރު އަޅާފައި ބޭއްވުމަކީ މަނާކަމެއްކަމުގައި އެންމެހާ ބޭފުޅުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. މިހެން މިދަންނަވަން ޖެހުނީ ބަނދަރުގެ މަސައްކަތް ކުރަމުންދާ ގަޑިތަކުގައި ދޯނި ފަހަރު ބަނދަރުގައި އަޅާފައި ބޭއްވުމުގެ ސަބަބުން ބަނދަރުގެ މަސައްކަތަށް އެކި ކަހަލަ އުނދަގޫތަކާއި ދަތިތައް ކުރިމަތިވަމުންދާ ކަމުގެ މަޢުލޫމާތު މިކައުންސިލަށް ލިބެމުންދާތީ ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ނޮވެންބަރު 2019
ހޯދާ