މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސ.ހިތަދޫއިން ޕޯސްޓްގެ ޚިދުމަތް ދެއްވާނެ ޢިމާރާތެއް ހޯދުން

މިކުންފުންޏަށް ސ.ހިތަދޫއިން އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް (ބޮޑުމަގުން) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 01 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 15:00 ގެކުރިން ތިރީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ސ.ފޭދޫ ޕޯސްޓް އޮފީސް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. 01 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 15:00ގެ ފަހުން ޕްރޮޕޯރސަލް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

 

ހުށަހަޅުއްވާ ޕްރޮޕޯރސަލްގައި، ތިރީގައިވާ ކަންކަން ހިމެނުން

  • ޢިމާރާތް ބޭނުންވާ ސަރަޙައްދު: ސ.ހިތަދޫ (ބޮޑު މަގުން)
  • ޢިމާރާތުގެ ބޮޑުމިން:700 އަކަފޫޓަށްވުރެ ކުޑަނޫން
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތެއްކަން އެގޭނެ ފޮޓޯ/ކުރެހުން ހުށަހެޅުން
  • ޢިމާރާތުގެ ކުލި
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު
  • ޢިމާރާތުގެ ކަރަންޓާއި ފެނަށް ވަކި މީޓަރ ބަހައްޓާފަ ހުރިކަން
  • ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން
  • ޢިމާރާތުގައި އެޓޭޗް ފާޚާނާ ހުރުން
  • ·         ޢިމާރާތަގެ ސަލާމަތީ ކަންކަން ހުރި މިންވަރު ހުށަހެޅުން.
  • ·         ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
  • ·         ޢިމާރާތް ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތާ ޢިމާރާތާ ހުރި ގުޅުން އެގޭނެ ރަސްމީ ލިޔުން
  • ·         ޢިމާރާތާގެ އެތެރެއާއި ބޭރުގެ ފޮޓޯ އަދި ޢިމާރާތުގެ މިންތައް އެގޭ ކުރެހުމެއް ހުށަހެޅުން
  • ނޯޓް: ސަރުކާރުގެ ނުވަތަ ކައުންސިލްއަށް ނިސްބަތްވާ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.

 

ހުށަހެޅޭ ޕްރޮޕޯރސަލްއަށް ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު:%20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30

                               

              27 ރަބީއުލްއައްވަލް 1441

               24 ނޮވެމްބަރ 2019

24 ނޮވެންބަރު 2019
ހޯދާ