ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެދަށުން ވަޒީފާގެ ތަޖްރިބާ ހޯދުމަށް ފުރުޞަތު ހުޅުވައިލުން.

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ ޢަދަދު:

1

މަސައްކަތު ވަގުތު

  • ފުރަތަމަ 3 މަސްދުވަހު، ރަސްމީދުވަސްދުވަހު 8:00 އިން 12:00 އަށް
  • ޖެހިގެންއަންނަ 3 މަސްދުވަހު، ރަސްމީދުވަސްދުވަހު 08:00 އިން 14:00 އަށް
  • މުވައްޒަފު ބޭނުންވާނަމަ، ރަސްމީގަޑި ނިމެންދެން މަސައްކަތުގައި ބައިވެރިވެވިދާނެއެވެ.
  • އަދި ނުރަސްމީގަޑީގައި ކުރާ މަސައްކަތްތަކުގައިވެސް ބައިވެރިވެވިދާނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ޕްރޮގްރާމްގެ މުއްދަތު:

6 މަސް ދުވަސް ( ބައިވެރިވާ ފަރާތުން މުއްދަތު އިތުރުކުރަން ޝައުޤުވެރިވާނަމަ، ކައުންސިލްއިން ނިންމާގޮތެއްގެ މަތިން، މުއްދަތު އިތުރު ކޮށްދެވޭނެއެވެ. )

މުސާރަ:

-

ސަރވިސް އެލެވަންސް:

މަހަކަށް -/1500ރ ( ޙާޟިރު ނުވާ ދުވަހަކަށް -/20ރ އުނިކުރެވޭނެއެވެ. )

އެހެނިހެން އެލަވަންސް

-

މި ޕްރޮގްރާމްގެ ދަށުން ތަޖްރިބާ ހޯދައިދެވޭ ބައިތައް

( އޮފީހުގެ 2 ސެކްޝަންގެ 4 ޔުނިޓްގައި، ކަނޑައެޅޭ ތާވަލެއްގެ ދަށުން، ތަފާތު މަސައްކަތްތައް ތަޖުރިބާ ކުރަންޖެހޭނެއެވެ. އަދި ޕްރޮގްރާމް ނިމުމުންދެވޭ ތަޖްރިބާގެ ލިޔުމުގައި މިމުއްދަތުގައި ކުރަން ދަސްވި ކަންކަން ފާހަގަކޮށްދެވޭނެއެވެ. )

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނަށް ތައްޔާރުވުން.
  2. އޮފީހުގައި ހިންގޭ ކުރު ތަމްރީން ތަކުގައި ބައިވެރިވުން.
  3. އިންވެންޓަރީއާގުޅޭ މަސައްކަތްތަކާ، ނީލަމާބެހޭ މަސައްކަތްތަކުގައި ބައިވެރިވުން.
  4. ބްޖެޓް ޔުނިޓްގެ މަސައްކަތް ކުރުން.
  5. ޕްރޮކިޔޯމެންޓް މަސައްކަތްތަކާ ބިޑް ޕްރޮސެސްއާގުޅޭ މަސައްކަތްތަކުގައި ބައިވެރިވުން.
  6. އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުލަބް ޖަމްޢިއްޔާތަކާއި ޖަމާޢަތްފަދަ ތަންތަނުން ހިންގާޕްރޮގްރާމްތަކާ ގުޅިގެން އޮފީހުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
  7. ޓްރާންސްޕޯރޓް އޮތޯރިޓީއާ ގުޅިގެން ދެވޭ ޚިދުމަތްތައް
  8. އޮފީހުގެ މަސައްކަތްތަކާ، އާމްދަނީއާ ޚަރަދުގެ ތަފާސްހިސާބު އެންޓަރކުރުމާ، ވެބްސައިޓްގައި ޢާންމުކުރުމާގުޅޭ މަސައްކަތްތަކުގައި އެހީތެރިވުން.
  9. އަތޮޅުގެ ރަށުކައުންސިލްތަކުގެ މަސައްކަތްތައް މޮނިޓަރކުރުމަށް، މަޢުލޫމާތު އެއްކޮށް ރިޕޯރޓް އެކުލަވައިލުމުގައި އެހީތެރިކަންދިނުން.
  10. އަތޮޅު ތަރައްޤީގެ ޕްލޭންއާ މަސައްކަތުތާވަލު ޙާޞިލްވަމުންދާގޮތް މޮނިޓަރކުރުން.
  11. ހުށަހެޅޭ ސިޓީ، މެސެޖްފަދަ ތަކެތި ބަލައިގަތުމާއި، ޔުނިޓްގެ އެންޓްރީ ބެލެހެއްޓުން
  12. ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ތަކެތި ލިޔުން.
  13. ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  14. ކުއްލި ކަންކަމާއި، ހުރިހައި ސްޓާފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.
  15. ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ އެހެން ސެކްޝަނެއް / ޔުނިޓެއްގެ މަސައްކަތްތައް ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން.
  16. ޔުނިޓްގެ އެހެން މުވައްޒަފަކާ، ދިމާވާ ކަމަކާ ގުޅިގެން އެމުވައްޒަފެއްގެ މަސައްކަތް ވަގުތީގޮތުން ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތެއް ކުރުން.
  17. އަދި އެހެނިހެން އިދާރީ މަސައްކަތްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ޖީސީއީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން.
  2. އެސްއެސްސީ 1 މާއްދާއިން ފާސްވެފައި ވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު (މި ފޯމް މިއިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެކޮޕީއެއް.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީތައް. ( އެޓެސްޓް ކުރުންލާޒިމެއްނޫން )
  4. ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. ( އެޓެސްޓް ކުރުންލާޒިމެއްނޫން )

ޕްރޮގްރާމަށް ފުރުޞަތުދިނުމުގައި ބެލޭނެ ކަންތައްތައް:

  1. ތަޢުލީމް

%40

  1. ކޯސްތަކާއި ފުރިހަމަ ކޮށްފައިވާ ތަމްރީންތައް

%40

  1. އިންޓަރވިއު

%20

  1. ޖުމްލަ މާރކްސް

0

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ޑިސެމްބަރ 2019 ގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6620043 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 02 ޑިސެމްބަރ 2019 އާއި 05 ޑިސެމްބަރ 2019 އާ ދެމެދު، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާ ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

މިޕްރޮގްރާމްއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 04 އަކަށްވުރެ އިތުރުވާނަމަ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، ތަޢުލީމީ ފެންވަރަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 4 ފަރާތެކެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620116 ނުވަތަ 6620120 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6620043 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

21 ނޮވެންބަރު 2019
ހޯދާ