ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުންފުނިތަކުން ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި ބެހޭ

މިއިދާރާއިން ކުރި ނަންބަރ (IUL)263/263/2019/11  އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ  2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ.

          ނެއްލައިދޫއަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި އުޞޫލެއްގެ މަތިން ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށް ކުނި މެނޭޖްކުރަމުންދާ އަދި ކުނީގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރެވިފައިވާ ރަށަކަށް ހެދުމުގެ މަޤްސަދުގައި ގޭގެއިން ކުނި ނެގުމުގެ ޚިދުމަތް ކައުންސިލުން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މިމަސައްކަތް ކުރުމަށްޓަކައި ރަޖިސްޓްރޯކޮށްފައިވާ ކުންފުންޏަކުން 2 މުވައްޒަފުން 2 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންވެއެވެ. މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ މަސްދުވަހަށެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ކުންފުނިތަކުން 26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެކުރިން މިއިދާރާއަށް ދުރުވެ ސިޓީ ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވުންއެދެމެވެ. އެންމެ ކުޑަ އަގު ހުށަހަޅާ ކުންފުންޏަކަށް އިސްކަންދެވޭނެއެވެ.

 

މިހެންވެ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

19 ނޮވެންބަރު 2019
ހޯދާ