ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

މަޤާމް :އެސިސްޓެންޓް ހިއުމަންރިސޯސް އޮފިސަރ
ބޭނުންވާ އަދަދު :1

 

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

އަސާސީ މުސާރަ

-/5,500 ރުފިޔާ

ސަރވިސް އެލަވަންސް

-/2,500 ރުފިޔާ

މަޤާމުގެ ރޭންކް

އޭ އެސް 7

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ހިއުމަން ރިސޯސް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެ

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 1(އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 4 (ހަތަރު) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރު)  މާއްދާއިން ފާސްވެފައިވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ  ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމާއި ރާއްޖެއާއިރާއްޖޭން
  • ބޭރުގެ ޓްރޭނިންގތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށް އެހީތެރިވުން.
  • ކުންފުނީގެ އެކިއެކި މަޤާމުތަކަށް ބޭނުންވާ ތަމްރީންތައް ދެނެގަނެ، ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމަށް އެހީތެރިވުން.
  • މުވައްޒަފުންގެ ޕަރފޯމަންސް ކުރިއެރުވުމަށް ޕްރޮގްރާމްތައް ރޭވުމާއި، ހިންގުމުގެ އިތުރަށް މުވައްޒަފުންގެ ޕަރފޯމަންސް އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  • މުވައްޒަފުންގެ ރިކްރިއޭޝަންގެ ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިދިނުން.
  • މަސައްކަތްތަކާ ގުޅޭ ލިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  • ކުންފުނީގެ މުވައްޒަފުންގެ އެކުވެރިކަމާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތް ހަވާލުކުރެވިފައިވާ މަސައްކަތާއިގުޅޭގޮތުން ލިބޭ މެއިލްތަކުގައިވާ މަސައްކަތްތައް ނިންމާ ދުވަހުންދުވަހަށް މެއިލްތަކަށް ޖަވާބުދިނުން.
  • މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި، ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯރޓް

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.

 

                        21 ރަބީޢުލްއައްވަލް 1441

19 ނޮވެންބަރު 2019
ހޯދާ