ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާއިބެހޭ

 

އިޢުލާން

         

މިސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ:

 

1 އަހަރު ދުވަހުގެ މުއްދަތަށް (2020 ޖެނުއަރީ 1 ން ފެށިގެން 2020 ޑިސެމްބަރ 31) ގެ ނިޔަލަށް މިސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން

2019 ނޮވެމްބަރ 26 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި.

އަންދާސީހިސާބު ހުށަހެޅުން

2019 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540582 ނަންބަރު ފޯނާއެވެ . 

 

17 ނޮވެމްބަރ 2019

17 ނޮވެންބަރު 2019
ހޯދާ