ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސްޓެޓިސްޓިކްސް އިންޓަރން

އިޢުލާން

 

މަޤާމް:

ސްޓެޓިސްޓިކްސް އިންޓަރން

ބޭނުންވާ އަދަދު:

2 ( ދޭއް)

މުއްދަތު :

1 މަސް

ސެކްޝަން:

ސްޓެޓިސްޓިކަލް ޑިވެލޮޕްމަންޓް އެންޑް ކޯޑިނޭޝަން   

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ޕޮކެޓް މަނީ

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް  ދުވާލަކު -/350 ރުފިޔާ ކޮންމެ މަހެއް ނިމުމުން ލިބޭނެއެވެ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1. އަތޮޅު އަދި ރަށު ފެންވަރުގައި އެކުލަވާލަންޖެހޭ ތަފާސްހިސާބު ކައުންސިލްތަކާއި ގުޅިގެން އެކުވަލާވުން.
 2. އަތޮޅު އަދި ރަށު ފެންވަރުގައި އެކުލަވާލަންޖެހޭ ތަފާސްހިސާބު ދިރާސާކޮށް އަތޮޅު ފްރޮފައިލްތަކެއް އެކުލަވާލުން.
 3. ނެޝަނަލް ޑޭޓާރ ޕޯޓަލްއެއް  ( މޯލްޑިވް އިންފޯ އަދި ސްޓެޓިސްޓިކަލް ޑޭޓަރބޭސް) ގާއިމްކުރުމަށް ބޭނުންވާ ތަފާސްހިސާބުތައް އެއްކޮށް އެކުވަލާވުމުގައި އެހީތެރިވުން
 4. ބިއުރޯއިން ތައްޔާރުކުރާ ތަފާސްހިސާބުގެ އަހަރީ ފޮތާއި، ތަފާސްހިސާބުގެ ރޮނގުން ހޭލުންތެރިކަން އިތުރުކުރުމަށް ތައްޔާރުކުރެވޭ ލިޔެކިއުންތައް ތައްޔާރުކޮށް މަޢޫލޫމާތު ޗެކްކޮށް ވެރިފައިކުރުން.
 5. ބިއުރޯގެ ފަރާތުން ހިންގާ އެކިއެކި ސަރވޭތަކުގައި އަމަލީގޮތުން ބައިވެރިވެ ތަފާސްހިސާބު އެކުލަވާލުމުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

 • ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.            

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 • ޑޭޓާރ އެނަލައިސްކުރުމުގެ  ހުނަރި/ތަޖުރިބާ އަދި ކޮމްޕިއުޓަރ ބޭނުންކުރުމަށް އަހުލުވެރިވެފައިވާ މިންވަރަށް އިސްކަންދެވޭނެއެވެ.  
 • ދިވެހި ބަހުން އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމާއެކު ރިޕޯޓްތައް ލިއުމުގެ  ހުނަރު.
 • ކޮމްޕިއުޓާރަށް އަހުލުވެރިވެފައިވާ މިންވަރު. މިގޮތުން އެކްސެލް ، ކޮރަލްޑުރޯ  އަދި އެހެނިހެން އެޕްލިކޭޝަންތަކަށް އަހުލުވެރިވެފައިވާ މިންވަރު. އަދި ސްޓެޓިސްޓިކަލް ސޮޕްޓްވެއަރ ތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. .

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 • ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް) ކައުންޓަރުން ލިބެން ހުންނާނެއެވެ. މީގެއިތުރުން މިއިދާރާގެ http://www.statisticsmaldives.gov.mv   ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންވެސް ޑައުންލޯޑުވެސް ކުރެވޭނެއެވެ.
 • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ކައުންޓަރަށެވެ. ނުވަތަ [email protected] އަށް މެއިލްވެސް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008407 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327351 އެވެ. އީ-މެއިލް އެޑްރެސްއަކީ [email protected] އަށެވެ.

15 ރަބިއަލްއައްވަލް 1441 ހ

13 ނޮވެންބަރު 2019
ހޯދާ